ޚަބަރު

ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ވަރަށް ޚާއްޞަ ދަރުހެއް ވެލިދޫގައި ބާއްވަނީ

ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ވަރަށް ޚާއްޞަ ދަރުހެއް ނ.ވެލިދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ނާރެސް މަޢުލޫމާތު ދެއްވަމުން ނ.ވެލިދޫ ޕެތް އޮފް އިސްލާމް ޖަމްޢިއްޔާގެ އިސް ފަރާތަކުން ވިދާޅުވީ މި ދަރުސް އޮންނާނީ 1 މާރިޗު 2019 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:45 ގައި ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ރިހި މާލަމްގައެވެ.

މިދަރުހަށް ނ.ވެލިދޫގެ އެންމެހާ އަޚުންނާއި އުޚުތުން ވަޑައިގެން ދެއްވުމަކީ ޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެއްކަމުގައިވެސް އެފަރާތަށް މަޢުލޫމާތު ދެއްވައެވެ.

މިޚާއްޞަ ދަރުހުގެ މައުޟޫޢު އަކީ ” ނަފްސީ ނަފްސީ ” އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close