ޚަބަރު

ތާޖުއްދީން ސްކޫލް ޓީޗަރުންގެ ޓެެބްލެޓްތަކެއް ވަގަށް ނަގައިފި

ތާޖުއްދީން ސްކޫލްގެ ސްޓާފް ރޫމް ފަޅާލާ އެސްކޫލްގެ ޓީޗަރުންްގެ ޓެބްްލެެޓްތަކެއް ވަގަށް ނަގައިފިއެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގާ ތާޖުއްދީން ސްްކޫލަށް ބަޔަކު ވަދެ ވައްކަންް ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެެވެ.

ފުލުހުން އޮންލައިން ނޫސް “ވޮއިސް”އަށް ވިދާޅުވި ކަމަށް އެމީހުން ބުނީ، ތާޖުއްދީން ސްްކޫލަށް ބަޔަކު ވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:48 ހާއިރު ކަމަށެވެެ.

ވަގަށް ނަގާފައި ވަނީ ކޮން އެއްޗެއް ކަމެއް ފުލުހުންް ހާމައެއް ނުކުރެއެެވެ.

ފުލުހުން ވިދާޅުވީ، ތަޖުއްދީން ސްކޫލުން ވައްކަން ކުރި މައްސަލަ މިހާރު އަންްނަނީ ތަހުގީގުކުރަމުން ކަމަށެވެ.

މިފަހަކަށްއައިސް މިފަދަ ވައްކަންތައް މާލޭގައި ވަނީ އިތުރު ވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close