ގްރޫޕް ފޭސްޓައިމް ކޯލް ކުރާނީ ކިހިނެއް؟
ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ހާލަތަށް ބަލާއިރު، އަޅުގަނޑުމެން އެންމެންނަކީ ވެސް މިއަދާ ހަމައަށް ވީޑިއޯ ކޯލް ކުރުމުގެ ތަޖުރިބާކާރުން ކަމަށް ވުން އެކަށީގެންވެ އެވެ. އެގޮތުން ޒޫމް މިވަނީ އަހަރެމެންގެ މަސައްކަތާއި އަމިއްލަ ދިރިއުޅުމާ ވެސް ހަވާލުވެފައިވާ އެއް އެޕަށް ވެފައެވެ. އެކަމަކު ބައެއް މީހުން ޒޫމްދެކެ ފޫހިވާންފަށައިފިއެވެ. އެފަދަ ފަރާތްތަކަށް ބޭނުންވަނީ އެއް ފަހަރާ އެކަކަށް ވުރެ ގިނަ މީހުންނާ އެކު ވީޑިއޯ ޗެޓް ކުރަން އިތުރު ސުޕަ އީޒީ ގޮތެކެވެ. އާއެކެވެ. އެއީ ފޭސްޓައިމްއެވެ.
އާއެކެވެ. އެއްފަހަރާ 32 މީހުންނާ އެކު ފޭސްޓައިމް ދެވިދާނެއެވެ. އެއީ މާ ބޮޑު ކަމެއް ނޫނެވެ. ހާއްސަކޮށް އާއިލާ އާއި ރަހުމަތްތެރިން އެކަކު އަނެކަކާ ވާހަކަ ދައްކަން އާދަވެފައި ތިބޭ ނަމަ ފޭސްޓައިމް ބޭނުން ކުރުން އެއީ ހަމަ އެންމެ ރަނގަޅު ގޮތެވެ. ޒޫމް ކޯލެއް ހޯސްޓް ކުރުމަށްވުރެ ފޭސްޓައިމް ބޭނުންކޮށްލުން އަސްލު ވަރަށް އަވަސް ވެފައި އަދި ވަރަށް ފަސޭހަ އެވެ.
ގްރޫޕް ފޭސްޓައިމް ކޯލް ސެޓް ކުރާނެ ގޮތް
- ފޭސްޓައިމް އެޕް ހުޅުވާށެވެ.
- އެންމެ މަތީ ކަނާތްފަރާތުގައި + ބަޓަން ޓެޕް ކޮށްލާށެވެ.
- ގުޅަން ބޭނުންވާ މީހުންގެ ނަން ނުވަތަ ނަމްބަރުތައް ލިޔާށެވެ. އަދި އެތަނުން މީހުން އިތުރު ކުރުމަށް ކޮންޓެކްޓްސް ހުޅުވުމަށް ސަރކަލް ސިމްބަލްއެއްގެ ތެރޭގައި އިންނަ + އަށް ޓެޕް ވެސް ކުރެވިދާނެއެވެ.
- ވީޑިއޯ ކޯލް ކުރުމަށް ވީޑިއޯ ސިމްބަލް އަށް ޓެޕް ކުރުން ނުވަތަ އޯޑިއޯ ކޯލް ކުރުމަށް އޯޑިއޯ ސިންބަލް އަށް ޓެޕް ކޮށްލާށެވެ.
މިހާރު ކޯލްގައި ތިބި އެންމެން ސްކްރީނުން ފެންނަން އެތިބީ އެމީހުންގެ އަމިއްލަ ޓައިލްސްތަކުގައެވެ. މީހަކު ވާހަކަ ދައްކާއިރު (އަނގަބަހުން ނުވަތަ އިޝާރާތް ބަހުރުވަ ބޭނުންކޮށްގެން) ރަނގަޅު ވިއުއެއް ހޯދުމަށް ނުވަތަ ޓައިލްސް އެއް ޚިޔާރު ކުރުމަށް ޓައިލްސްއަށް ޓެޕް ކޮށްލާށެވެ.
މީގެ އިތުރުން ގްރޫޕް މެސެޖް ކޮންވަޒޭޝަނަކުން ސީދާ ގްރޫޕް ފޭސްޓައިމް ކޯލެއް ފަށަން ބޭނުންނަމަ، ޕްރޮފައިލް ފޮޓޯ ނުވަތަ މީހާގެ ސިމްބަލް އަށް ޓެޕް ކޮށްލާށެވެ. ފޭސްޓައިމް ޓެޕް ކޮށްލާށެވެ. އަދި ގްރޫޕް ފޭސްޓައިމް ކޯލަކަށް އާ ބައިވެރިއެއް އިތުރުކުރެވިދާނެއެވެ. ކޮންޓްރޯލުތައް ހުޅުވުމަށް ހަމައެކަނި ސްކްރީނަށް ޓެޕް ކޮށްލުމަށްފަހު “އެޑް ޕާސަން” އަށް ޓެޕް ކޮށްލާށެވެ.
މިގޮތުގެ މަތިން ކުރިއަށް ދިއުމުން އަމިއްލައަށް ތަޖްރިބާކޮށް ފޭސްޓައިމް ބޭނުންކުރާނެ އާގޮތްތައް އިތުރަށް ދަސްވަމުން ދާނެއެވެ.