ޓެކްނޮލޮޖީ

‘ކްލީން އެނާޖީ ޗާޖިން’ މި އަހަރު އައިފޯނުތަކަށް އަންނަނީ

އައިއޯއެސް 16 މިހާރު އައިފޯން ބޭނުންކުރާ ގިނަ މީހުންގެންދަނީ ތަޖްރިބާ ކުރަމުންނެވެ. އަލަށް ދޫކުރި އަޕްޑޭޓްސްގައި ބޭނުންތެރި ގިނަ ފީޗަރސްތަކެއް އެކުލެވިގެންވާއިރު، އެޕަލް އިން ވަނީ މީގެ ކުރިން ވެސް އޮޕަރޭޓިން ސިސްޓަމަށް ކުރިއަށް އޮތްތަނުގައި ހުރި ކަންކަމާ ބެހޭ ބައެއް ތަފްސީލުތައް ހާމަކޮށްފަ އެވެ.

އެޕަލްއިން ބުނީ މިއަހަރުގެ ފަހުކޮޅު އެމެރިކާގައި ގެނެސްދޭނެ ކްލީން އެނާޖީ ޗާޖިން ކިޔާ ފީޗާއަކުން ޕަވަރ ގްރިޑުން އިތުރު ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާއިރު، އެ ޓެކްނޮލޮޖީން ޗާޖުކުރާ ވަގުތުތައް އޮޕްޓިމައިޒް ކުރާނެކަމަށެވެ. އެފީޗަރގެ ބޭނުމަކީ އައިފޯނުތަކުގެ ކާބަން ފުޓްޕްރިންޓް މަދުކުރުން ކަމަށްވެސް އެޕަލް އިން ބުނެއެވެ.

މި ފީޗާއަކީ މީގެ ދެތިން އަހަރު ކުރިން އެޕަލް އިން ތައާރަފްކުރި އޮޕްޓިމައިޒިން ބެޓެރީ ޗާޖިން އޮޕްޝަން ފުރިހަމަކޮށްދޭ ފީޗާއެކެވެ. މި ސެޓިންގ އެނެބަލް ކުރުމުން، އައިފޯނުން ދުވާލަކު ޗާޖުކުރާ ގޮތް ހޯދައި، އައިފޯން ބޭނުންކުރަން ފަށާ ވަގުތާ ގާތްވާންދެން ބެޓެރީގެ ޗާޖު 80 ޕަސެންޓަށް ލިމިޓް ކުރެވޭނެ އެވެ.

މީގެ އިތުރުން އައިކްލައުޑް ޝެއަރޑް ފޮޓޯ ލައިބްރަރީ މިއަހަރުގެ ފަހުކޮޅުގައި ތަޢާރަފް ކުރަންވެސް ވަނީ ނިންމާފައެވެ. އެއީ ވަކި އައިކްލައުޑް ލައިބްރަރީއެއް އުފެދި ކޮންމެ ހަ މީހަކަށް އެކްސެސް ކުރެވޭނެ ލައިބްރަރީއެކެވެ. އަދި މި އަހަރުގެ ތެރޭގައި މެޓަރ ސްމާޓް ހޯމް ސްޓޭންޑަޑަށް ސަޕޯޓް ލިބޭނެ ކަމަށްވެސް އެޕަލް އިންބުނެއެވެ.

އައިއޯއެސް 16 ކޮމްޕެޓިބަލް އައިފޯނެއް ގެންގުޅޭ ފަރާތްތަކަށް މިހާރު ގިނަ އާ ފީޗާސްތަކެއް ލިބިގެންދާއިރު، އެއީ މުހިންމު ގޮތެއްގައި ޕާސަނަލައިޒޭޝަންއާ ގުޅުން ހުރި ކަންކަމެވެ. ލައިވް އެކްޓިވިޓީސް ފަންކްޝަންގެ ސަބަބުން ޑެލިވަރީއެއްގެ ސްޓޭޓަސް އާއި ކުޅިވަރު ސްކޯތައް ފަދަ ވަކި ކަންތައްތަކެއް ރިއަލް ޓައިމްގައި ޓްރެކް ކުރުމަށް ފަސޭހަވެގެން ދާނެ އެވެ.

އަދި އައިމެސެޖްގައި މެސެޖުތައް އެޑިޓްކޮށް އަންސެންޑް ކުރުމުގެ އިޚްތިޔާރު ގިނަ ބަޔަކަށް ވެގެންދާއިރު، އެއް ފޮޓޯއަކުން އަނެއް ފޮޓޯއަށް އެއްޗެއް ކޮޕީކޮށް ޕޭސްޓް ކުރުމުގެ ގާބިލްކަންވެސް ލިބިގެންދާނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close