ޚަބަރު

“މިިނިސްޓްރީ އޮފް ޅިޔަނާ“ އުފައްދަން ފެންނަ ކަމަށް ޢަލީ ވަޙީދު ވިދާޅުވެއްޖެ

”މިިނިސްޓްރީ އޮފް ޅިޔަނާ’’ އުފައްދަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ

ސަރުކާރަށް ފާޑުވިދާޅުވެ, ޢަލީ ވަޙީދު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ހޯމް މިނިސްޓްރީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް ވަކިކުރުމާއި ގުޅިގެންނެވެ. ޢަލީ ވަޙީދު ވިދާޅުވީ މުޅި ދަޢުލަތުގައި އޮތީ ޅިޔަނުން ކަމަށާއި، ވެރިކަމުގެ އާރާއި ބާރު ލިބުމުން ވަޒީރެއް، ކޯލިޝަނެއް، ޕާޓީއެއް، ފިކުރެއް، ޢާންމު ރައްޔިތުންގެ ބޭނުމެއް މި ސަރުކާރަކަށް ނުފެނުނު ކަމަށެވެ. އެހެންކަމުން އުފައްދަންވީ ”މިިނިސްޓްރީ އޮފް ޅިޔަނާ“ ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޢަލީ ވަޙީދު ވިދާޅުވީ ކޮންމެ ގޮތެއްވިޔަސް ބާކީ އޮތީ ދެ އަހަރު ކަމަށާއި، އިރާދަފުޅުން އިންސާފު އަރާ ހަމަކުރާނެ ކަމަށެވެ.

މުޅި ދަޢުލަތުގައި އޮތީ ޅިޔަނުންކަން ފާހަގަކުރެއްވިއިރު، ރައީސް ޞާލިޙާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަކީ ވެސް ދެ ޅިޔަނުންނެވެ. ހޯމް މިނިސްޓްރީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް ވަކިކުރައްވާފައިވާއިރު، ރައީސް ޞާލިޙަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެއް ކޮމެންޓް

  1. މިދިވެހިރާއްޖޭގެވެރިއަކައްހުއްނެވިރައިސްސޯލިހުއަކީއެޅިހާބަތަކައްރިހަހެޔޮވަރުވާވެރިއެ‘އްއަޅުގަންޑުމިދައްނަވަނީމާތްﷲޓަކާރައިސްސޯލިހުސަރުކާރުގެމުއާސަލާތީހިދުމައްދޭތައްތައްފުޑުފުޑުނުކުރައްވާއަވަހައްއިސްތިއުފާދެއްވާށެއަޅުގަޑައްވެސްވަރައްގިނަރައީސުއްގެހަރުދަނާސިއާދަތާއިގައުމައްއިހުލާސްތެރިއްފެނިގެއްހިގައްޖެނަމަވެސްމިހާރުރައީސަކައްތިހުއްނެވިރައިސްސޯލިހުއަކީތާކުއްތާކުނުޖެހޭދެއުޅިހަމަނުވާވެރިއެއް(އަޅުގަންޑުގެހިތައޢަރަނީ(ރައިސޝޯލިހުއައްﷲވޮޑިގެއްވާކައްނޭގެނީބާއޭ(.މިކަހަލަނުބާމަކަރާހީލައް(ހަދާވެރިއްނައްމާއްﷲއުމުރުދިގުކުރައްވާމިދުނިއެއޭނާގެއުފަލެއްކަމުގާދައްކަވާނެ(ނަމަވެސްއެއީއެނާއަށްލިބޭނިކަމެތިކަމެއްކައޢޭނާއަކައްނޭގޭނެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close