ޚަބަރު

104 އަހަރުގެ އަންހެނަކު ލިޓްރަސީ އިމްތިހާނަކުން 89 އިންސައްތަ ހޯދައިފި

ކެރެލާގެ ކޮޓަޔަމް ސްޓޭޓްގެ 104 އަހަރުގެ އަންހެނަކު އެ ސްޓޭޓުގެ ލިޓްރަސީ އިމްތިހާނުގައި ބައިވެރިވެ 100 ން 89 މާކްސް ހޯދައިފި އެވެ.

ލިޓްރަސީ އިމްތިހާނަކީ ކެރެލާގައި ލިޔަންކިޔަން ދަތުމުގެ ހުނަރު ހިފެހެއްޓުމާއި، ނިއު-ލިޓްރަސީ އަށް ބޭނުންވާ އޮޕޮޗުނިޓީސް ފޯރުކޮށްދިނުމާއި އަސާސީ ލިޓްރަސީއަށްވުރެ ކުރިއަށް ގެންދިޔުމަށް ކުރިއަށްގެންދާ ޤައުމީ ހަރަކާތެއްގެ ތެރެއިން ދެވޭ އިމްތިހާނެކެވެ.

ކެރެލާގެ އެޑިއުކޭޝަން މިނިސްޓަރު ވީ ސިވަންކުއްޓީ ވަނީ އޭނާގެ މި ކާމިޔާބީއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފަ އެވެ. ކުޓިޔަމާގެ ފޮޓޯ ޓްވިޓާގައި ހިއްސާކޮށް އޭނާ ލިޔުއްވާފައި ވަނީ “ޒަމާނަކީ އިލްމުގެ ދުނިޔެއަށް ވަނުމަށް އޮތް ހުރަހެއް ނޫން. ވަރަށް އިޙްތިރާމާއި ލޯތްބާއެކު، ކުއްޓިޔައްމާއަށާއި، އުނގަންނައިދޭ ފަރާތްތަކަށް ހެޔޮ އެދުންތައް އަރިސްކުރަން.”

އިންޑިއާގެ ކެރެލާ ސްޓޭޓަކީ ލިޔަންކިޔަން ދަތުމުގެ ނިސްބަތް މަތި ސްޓޭޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސްޓޭޓެކެވެ. މީގެ ތެރޭގައި އަންހެން ކުދިން ލިޔަންކިޔަން ދަތުމުގެ ނިސްބަތް ވެސް ހިމެނެއެވެ.

ކެރެލާ ސްޓޭޓް ލިޓްރަސީ މިޝަން އޮތޯރިޓީއަށް ސްޓޭޓް ސަރުކާރުން ފަންޑުކުރަނީ، ލިޔަންކިޔަން ދަތުމާއި، ތަޢުލީމު މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި، ހުރިހާ ރައްޔިތުންނަށް މުޅި އުމުރު ދުވަހު އުނގަންނައިދިނުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

އޮންމަނޯރާމާ އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން ކުއްޓިޔައްމާ އަކީ ކެރެލާގެ ކޮޓަޔަމް ޑިސްޓްރިކްޓްގެ 104 އަހަރުގެ އަންހެނެކެވެ. ކެރެލާ ސްޓޭޓް ލިޓްރަސީ މިޝަންގެ ޓެސްޓުގައި އޭނާ ވަނީ 100 ން 89 މާކްސް (ނުވަތަ 89%) މާކްސް ހޯދާފައެވެ. ސަކްޝަރަތާ (ލިޓްރަސީ) އިމްތިހާނު ބާއްވާފައިވަނީ އެ ޑިސްޓްރިކްޓްގެ އަޔަރުކުންނަމް ޕަންޗާޔަތުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުއްޓިޔައްމާ އަކީ ދުވަހަކުވެސް ސްކޫލަކަށް ކިޔަވަން ދިޔަ މީހެއް ނޫނެވެ.

އޭނާގެ ގޭގައި، ހެނދުނާއި ހަވީރު ކްލާސްތައް ކުރިއަށް ގެންދެއެވެ. މި އިމްތިހާނުން ފާސްވުމުން ކުޓިޔައްމާ ވަނީ ކްލާސް 4 ގެ އިމްތިހާނު ގައި ބައިވެރިވުމުގެ ޝަރުތު ހަމަވެފައެވެ. ލިޓްރަސީ ޕްރޮގްރާމް ފުރިހަމަ ކުރެވޭނީ ކްލާސް 4 ން ފާސްވެގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close