ރައީސް ޅ.އަތޮޅަށް ދަތުރުފުޅެއް ކުރައްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ.އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ މި މަހުގެ 18 އިން 20 ގެ ނިޔަލަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ޅ.އަތޮޅުގެ ހަ ރަށަކަށް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ޅ.ހިންނަވަރާއި، ނައިފަރާއި މަޑިވަރާއި، އޮޅުވެލިފުއްޓާއި ކުރެއްދޫ ހިމެނެއެވެ. އޭގެ އިތުރަށް ޅ.އަތޮޅުގައި ހުންނަ މިފްކޯގެ މަސްކާރުޚާނާ ހުންނަ ރަށް ކަމުގައިވާ ފެލިވެރަށްވެސް މި ޒިޔާރަތުގައި އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ހިންނަވަރަކީ ރައީސް ޞާލިޙު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.
ރައީސް ޞާލިޙުގެ ސިލްސިލާ ދަތުރުފުޅުތަކުގައި ރަށްތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމުގެ އިތުރަށް ރަށުގެ މުހިއްމު އިދާރާތަކަށް ޒިޔާރާތްކުރައްވައެވެ. އަދި ކޮންމެ ރަށެއްގައި ހަރަކާތްތެރިވާ އެމްޑީޕީ އެކްޓިވިސްޓުންނާވެސް ބައްދަލުކުރައްވައެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން މިވަގުތު ތިއްބެވީ ސިންގަޕޫރުގަ އެވެ. އެ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.


