ޚަބަރު

ހަވީރު 6 ގެ ފަހުންވެސް މިހާރު މާލެސަރަޙައްދުގައި ވެހިކަލް ދުއްވޭނެ

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް އޮތް އޮތުން ބާތިލްކޮށް، ހަވީރު 6 ގެ ފަހުންވެސް މާލެސަރަޙައްދުގައި ވެހިކަލް ދުއްވޭނެ ގޮތަށް ލުއިދީފިއެވެ.

އިރުއޮއްސުމުން ހާއްސަ ހުއްދައެއް އޮވެގެން ނޫންގޮތައް ވެހިކަލްތައް ނުދުއްވޭ ގޮތައް އޮތް އޮތުން ބާތިލްކޮށްފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ރޭ ދަންވަރު ނެރުނު އެންގުމުގައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅާންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅޭ ގޮތަށް އޮންނައިރު، މިދިޔަ މަހުގެ 12 ވަނަ ދުވަހު އަންގައިފައިވާ މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށް ޓާއި، ގުޅީފަޅާއި، ހުޅުލެފައި، ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން މިހާރުން ފެށިގެން، ބާތިލުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން އެންމެ ފަހުން މަނާކޮށްފައި ވަނީ 12 ގަޑިއިރަށެވެ.

ރޭގަނޑު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރީ ކޮވިޑް ހަލުވިކޮށް ފެތުރެމުން އަންނާތީ މީހުން ގިނައިން އެއްވުމާއި، ބައްދަލުވުންތައް މަދުކުރުމުގެ މަޤުޞަދުގައެވެ. އެއްވެސް ފިޔަވަޅެއްނެތި ހުރިހާ ގަޑިއެއްގައި ވެހިކަލް ދުއްވުމުގެ ހުއްދަ ދިންއިރު އަދިވެސް ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވެއެވެ. މިހާރު ވެސް ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ ސަތޭކައިން މަތީގައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. މިހާރު ރާއްޖޭގައި ކޮވިޑް އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 22،929 އަށް އަރާފައެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close