މުސްލިމަކު ގޯސްކަމެއް ކުރުމަކީ އިސްލާމްދީނުގެ އުނިކަމެއްނޫން – ޝެއިޚް އިލްޔާސް
މުސްލިމަކު ގޯސްކަމެއް ކުރުމަކީ އިސްލާމް ދީނުގެ އުނިކަމެއް ނޫންކަމާއި، އިސްލަމް ދީނަކީ އެންމެ މާތް، އެންމެ ފުރިހަމަ ދީންކަމުގައި މަޝްހޫރު ދީނި ޢިލްމްވެރިޔާ އައްޝެއިޚް އިލްޔާސް ޙުސެއިން ވިދާޅުވެއްޖެއެވެ.
ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އިތުރަށް ޝެއިޚް ވިދާޅުވެފައިވަނީ މިނޫން އެހެން ދީނެއް މާތްﷲ ޤަބޫލު ނުކުރައްވާނެކަމާއި، ﷲ އަށްވުރެ އޯގަވެރި ފަރާތަކަށް ވާން އުޅުމަކީ މޮޔަކަމެށެވެ. އަދި ދީނުގެ ޞައްޙަ ޢަޤީދާ ދަސްކުރަންވީކަމުގައި ކަމަށާއި، މުސްލިމުންގެ ހަތިޔާރަކީ ހަމަ ދީންކަމުގައި ކަމަށްވެސް ޝެއިޚްގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ޝެއިޚް އިލްޔާސް މިފަދަ ޢިބާރާތަކުން ޓްވީޓެއް ކުރައްވާނީ ކޮންމެވެސް ކަމަކާ ގުޅިގެންކަމަށް ބެލެވެއެވެ. ނަމަވެސް ސީދާ މިއީ ކޮންމެ ކަމަކާ ގުޅިގެން ކުރެއްވި ޓްވީޓެއްކަމެއް އަދި ސާފެއްނުވެއެވެ.


