ޚަބަރު

ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ވޯޓުދިނުމަކީ ނުރައްކަލެއްކަމަށް އިބްރާ ވިދާޅުވެއްޖެ

މާދަމާ އޮންނަ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަކީ މި ޤައުމާއި އެމްޑީޕީއަށް ހުރި ނުރައްކަލެއް ކަމުގައި ކަމުގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ގުޅުންހުރި ލިޔުންތައް

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ “މަށަކީ 2021 ގައި އެމްޑީޕީ އުފައްދަން ސޮއިކުރި މީހެކެވެ. 2005 ގައި ފުރަތަމަ ސޮއިކުރީ މަށެވެ. މަށަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އެވެ. މާދަމާ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަކީ މި ޤައުމާއި އެމްޑީޕީއަށް ހުރި ނުރައްކަލެކެވެ.” މިފަދައިންނެވެ.

މާދަމާ އޮންނަ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި އެޕާޓީގެ މިހާރުގެ ރައީސް ނަޝީދަށް ތާއީދު ކުރާ ކެނޑިޑޭޓުންގެ އެންމެ ބޮޑު ސްލޯގަންއަކީ ބަރުލަމާނީ ނިޒާމެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންނަކީ ބަރުލަމާނީ ނިޒާމު ގެނައުމަށް ކެމްޕެއިން ކުރައްވަމުންދާ ކެނޑިޑޭޓުންނެވެ. މާދަމާގެ އިންތިޚާބުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެނޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އިޝާރާތް ކުރައްވާ އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެނޑިޑޭޓުންނަށް ދޭ ކޮންމެ ވޯޓަކީ ޤައުމާއި އެމްޑީޕީއަށް ހުރި ނުރައްކަލެއް ކަމަށެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑުވެ، އިންތިޚާބީ ފޯރިވަނީ ގަދަވެފައެވެ. މި އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުން އިންތިޚާބު ކުރުމަށް ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުން ކުރަންދާކަމަށް ރައީސް ނަޝީދަށް ތާއީދު ކުރާ އެމްޑީޕީގެ އިސް ބޭފުޅުން ދަނީ ތުހުމަތު ކުރަމުންނެވެ. .

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ މިހާތަނަށް އެޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށް ވެގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ އިއްޔެ ވިދާޅުވެފައެވެ. ހަސަންއަކީވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެެކެވެ. އެކަން އިއްޔެގެ ޕްރެސްގައިވެސް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ ވޯޓަކާއި ނުލައި އިންތިޚާބު ވެފައެވެ. މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެއް ކޮމެންޓް

  1. ބަރުލަމާނީ އައްތާއިދު ނުކުރައްވާ ބަރުލަމާނީ އަކީ މިގައިމުގެ ޖަލާކު
    ގ ކެނެރީގޭ މޮޔަކަލޭގެ ބޭނުންހާ ކަމެއްނުކުރެވޭ އަދި އެބުނާބަރުލަ
    މާނީއެއް މިގުމަކަށް ނުގެނެވޭނެﷲ އިތާދަފުޅިކުރެއްވީޔާ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close