ޚަބަރު

އިތުރު 27 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ 862 ށް އަރައިފި

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 27 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ 862 އަށް އަރައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަލަށް ޕޮޒިޓިވެވެފައި ވަނީ ބަންގްލާދޭޝްގެ 18 މީހަކާއި ދިވެހިންގެ 9 މީހެއް ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހެހި މީހެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން 30 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 288 ދިވެހީންނާއި، 574 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close