ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ
ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެޗް.ޕީ.އޭ އިން ދެންމެ ހާމަކުރި މަޢުލޫމާތުގައިވާގޮތުން ކޮވިޑު ޖެހިގެން ނިޔާވެފައިވަނީ ޅ. ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ.
އެއީ ޢުމުރުން 66 އަހަރުގެ އަންހެނެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 08:05 ގައި ކަމަށް އެޗް.ޕީ.އޭ އިން ހާމަކުރެއެވެ.
މި ނިޔާވި މީހާއާއިއެކު ރާއްޖެއިން މިހާތަނަށް 275 މީހުންވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

