ދީން

ޙޫރުލްޢީނުން (ދެވަނަބައި) – މިދުނިޔޭގެ އަންހެނުންނަށް ޖަންނަތުގައި ލިބޭނީ ކޮންއެއްޗެއް ހެއްޔެވެ؟

މުފްތީ މަޙަމޫދު ގާތުގައި ސުވާލުވެވުނެވެ. ޖަންނަތުގައި ފިރިހެނުންނަށް ޙޫރުން ލިބޭއިރު، އަންނެހުންނަށް ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ޖަވާބުގައި އޭނާ ދެންނެވިއެވެ. “މުއުމިނު ފިރިހެނުންގެ މުއުމިނު އަނބީންތައް ވާނީ އެމީހުންގެ ފިރީންނާއި އެކުގައެވެ. މުއުމިން އަންހެނުންގެ ތެރެއިން، މިދުނިޔޭގައި މީހަކާއި ކައިވެނިނުކޮށް ތިބި އަންހެނުންނަށް، އެމީހުން ބޭނުން ފިރިއަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ދެވޭނެއެވެ. އެތަނުން މީހަކު ބޭނުންނުވާނަމަ، އޭނާއަށްޓަކައި ޚާއްޞަ މީހެއް އުފެއްދެވި ކައިވެނި ކުރެވޭނެއެވެ.”

ޢައްލާމާ އާލޫސީ ރަޙިމަހުﷲ އެކަލޭގެފަނުގެ ތަފްސީރުގައި ވިދާޅުވިއެވެ. “މިދުނިޔޭގައި އަނބިމީހާ ކަމުގައިވީ އަންހެނާ، އާޚިރަތުގައިވެސް ވާނީ އޭނާގެ އަނބިމީހާ ކަމުގައެވެ.” ޖަންނަތުގައި އަނބިމީހާ އާއި ފިރިމީހާއާއި ދެމެދު އޮންނަ ލޯބި އެއީ ޙަޤީޤީ ލޯތްބެވެ. އަދި އެއީ ނިމުމެއް ނުވާ ލޯތްބެވެ.

(ނުނިމޭ)

ފުރަތަމަބައި ކިޔާލުމަށް

މިވެސް ބަލާ
Close