ދީން
އަލްޙަމްދު އަދި ސޫރަތް ނުކިޔަވައި ނަމާދު ޞައްޙަ ވާނެތަ؟
ސުވާލު:
ނަމާދުގައި ސޫރަތުލް ފާތިޙާ ނުވަތަ އަލްޙަމްދާއި، ސޫރަތް ނުކިޔަވައި ކުރާ ނަމާދުތައް ޞައްޙަވާނެތޯއެވެ.؟
ޖަވާބު:
ސޫރަތުލް ފާތިޙާ ނުކިޔައި ނަމާދު ޞައްޙަ ވާނީ ދެ ޙާލަތެއްގައެވެ.
އެއީ:
- އިމާމު ރުކޫޢުގައި އޮއްވާ ޖަމާޢަތުގައި ބައިވެރިވާ މީހާ
- ސޫރަތުލް ފާތިޙާ ކިޔަވާނެވަގުތު ނުލިބުނު މީހާ
މިނޫން ކޮންމެ ހާލަތެއްގައި ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ސޫރަތުލްފާތިޙާ ކިޔަވަން ޖެހޭނެއެވެ.
ޖަވާބު ދެއްވީ:
ޑރ. މުޙައްމަދު ޢިޔާޟު ޢަބުދުއްލަޠީފު



