އަހަރެންނަކީ ކާކުކަން ބުނެބަލަ؟ 03
އަހަރެން ވަރަށް ގިނަ ވާހަކަތައް ފޮރުވަމެވެ. އަހަރެން ވަރަށް އުފާވާ ފަހަރުވެސް އާދެއެވެ. އަދި ވަރަށް ދެރަވެ ރޮވޭ ފަހަހަރުވެސް އާދެއެވެ. އަހަރެން ބޭނުންވާ ހާ ކަމެއް ނުވެއެވެ. އެކަމަކު އަނެއްބައި ފަހަރު އަހަރެން އެދޭ ގޮތަށްވެސް ކަންތައްތައް ވެގެންދެއެވެ. އަހަރެންގެ ރަނގަޅުކަން ބޭރުފުށުން ފެނިދާނެއެވެ. އެހެނަސް އަހަރެންގެ ހަޤީޤީ ސިފަ ބަލަން ބޭނުންވިޔަސް އެއީ ވާނެ ކަމެއް ނޫނެެވެ. އަހަރެންނަކީ އެކި ވަގުތާއި ހާލަތަށް ބަދަލުވާ އެއްޗެކެވެ. ތިބާއަށް ފެންނާނީ އަހަރެން ދެއްކި ސިފައެކެވެ. ގިނަމީހުން އަހަރެން ސިފަކުރަނީ ރަތްކުލައިންނެވެ. އަހަރެންނަކީ ކާކު؟
އާދެ ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ތެރޭގައި ބޭނުންކުރާ ތަފާތު އުކުޅުތައް ހުންނާނެއެވެ. އެގޮތުން އަރަތަކީ ވަރަށް މުހިއްމު އަދި ދަރިވަރުންގެ ޝައުޤުވެރިކަން ފިލާވަޅުގެ ތެރެއަށް ވައްދާ ސިކުނޑިތައް ހުޅުވާލުމަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ގިނަ މުދައްރިސުން ދެކިލައްވައެވެ. އެގޮތުން ދަރިވަރުންގެ ފިލާވަޅުތައް ފެށުމުގެ ކުރިން އެ ފިޅާވަޅަކާއި ގުޅޭގޮތުން އަރަތެއް ތައްޔާރުކޮށް ތަފާތު ނަޒަރަކުން ވިސްނުމަށް ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.

މ އަރަތްތައް މިއަށްވުރެ ބޮޑަށް ތަފްޞީލް ވާން ޖެހޭކަމަށް އަޅުގަނޑު ދެކެން