އަރަތް

ހަފްތާގެ އަރަތް 5

ހަފްތާގެ އަރަތް 5

ކުރީ ހަފްތާގެ (ހަފްތާގެ އަރަތް 4) ގެ ރަނގަޅު ޖަވާބަކީ ކޮރޯނާ ވައިރަސް

މިހަފްތާގެ އަރަތް ކިޔާލުމަށްފަހު ޖަވާބު ކޮމެންޓް ކޮށްލަވާ!

ގުޅުންހުރި ލިޔުންތައް

އަހަރެންނާއި ބެހޭގޮތުން ވަރަށް ގިނަ މީހުން ސުވާލު ކުރެއެވެ. ބައެއް ފަހަރު އަހަރެންގެ ވާހަކަ ކޮންމެހެން އެއްޗިހީގައި ލިޔަންޖެހޭ ފަހަރު އާދެއެވެ. ހަމައެގޮތަށް އަހަރެންގެ ވާހަކަ އެހެން މީހުން ކައިރީ ބުނަންޖެހޭ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް ބައެއް މީހުން އަހަރެންގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އަހަރެންނަކީ އަބަދުވެސް ކުރިއަރާ ދާ މީހެކެވެ. އަހަރެންގެ ސަބަބުން ބައެއް ފަހަރު ގިނަ ތަޖުރިބާތަކެއް ތިބާއަށް ލިބިގެންދެއެވެ. އަހަރެންނަކީ ފަހަތަށް ނުބަލައި ދަތުރުކުރާ މީހެކެވެ.

 އެކަމަކު ތިބާ އަހަރެން ހުއްޓުވުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިކަމުގައި ވިޔަސް އެއީ ވާނެކަމެއް ނޫނެވެ. އަހަރެން ބޮޑުވި ވަރަކަށް އެކަން ތިބާއަށް ފާހަގަ ކުރެވޭނެއެވެ. ބައެއް ފަހަރު މީހުން އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. އަދި ބައެއް ޙާލަތްތަކުގައި އަހަރެން ދެކެ ނަފުރަތު ކުރާ ފަހަރުވެސް އާދެއެވެ. އެއީ އަހަރެން އެމީހުންގެ ވިސްނުމާއި ސިފަ ބަދަލުކޮށްލާތީ ކަމަށް ވެސް ވެދާނެއެވެ. އަހަރެންގެ ބޭނުންކޮށްގެން ބައެއްފަހަރު މީހުން މޮޔަ ހައްދަމެވެ. ބައެއް މީހުންނަށް އަހަރެންގެ ޙަޤީޤަތް އެނގިދާނެތީ އެކަން ސިއްރު ކުރަމެވެ. އެކަމަކު ބައެއް މީހުންނަށް ތިބާގެ ސޫރައަށް ބަލައިލާފަ އަހަރެންނަކީ ކާކުކަން ބުނެދޭން އެނގޭ މީހުންވެސް އުޅެއެވެ.

އަހަރެންނަކީ ކާކު؟

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close