އަހަރެންނަކީ ކާކުކަން ބުނެބަލަ؟ 06
އަހަރެންނަކީ މޫދުގައިވެސް އަދި އެއްގަމުގައި ވެސް ދިރިއުޅޭ ކުޑަކުޑަ މީހެކެވެ. އެކަމަކު އަހަރެން މިއީ ހިނގާވެސް އަދި މޫދުގައި ފަތާވެސް މީހެއް ނޫނެވެ. އަހަރެން ދަތުރު ކުރަނީ އަހަރެންނަށް ލިބިގެންވާ މަޑުމަޑު ފައިންނެވެ. އެހެނަސް އެފައިގައި އެއްވެސް އިނގިއްޔެއް ނުހުރެއެވެ. އަހަރެން ކޮންމެ ތާކަށް ދިޔަނަމަވެސް އަހަރެން، އަހަރެންގެ ގެ އަކާއި ދުރަކަށް ނުދަމެވެ. އަހަރެންނަކީ ކެއުމަށް ވެސް ބޭނުންކުރާ މީހެކެވެ. އަހަރެންނަކީ ކާކުކަން ބުނެބަލަ؟
އާދެ ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ތެރޭގައި ބޭނުންކުރާ ތަފާތު އުކުޅުތައް ހުންނާނެއެވެ. އެގޮތުން އަރަތަކީ ވަރަށް މުހިއްމު އަދި ދަރިވަރުންގެ ޝައުޤުވެރިކަން ފިލާވަޅުގެ ތެރެއަށް ވައްދާ ސިކުނޑިތައް ހުޅުވާލުމަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ގިނަ މުދައްރިސުން ދެކިލައްވައެވެ. އެގޮތުން ދަރިވަރުންގެ ފިލާވަޅުތައް ފެށުމުގެ ކުރިން އެ ފިޅާވަޅަކާއި ގުޅޭގޮތުން އަރަތެއް ތައްޔާރުކޮށް ތަފާތު ނަޒަރަކުން ވިސްނުމަށް ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.
