އަރަތް

އަހަރެންނަކީ ކާކުކަން ބުނެބަލަ؟ 04

އަހަރެން އޮންނަ ގޮތް ސިފަކޮށް ދޭނީ ވާހަކައެއްގެ ތެރެއިންނެވެ. އަހަރެން ހޯދުމަށް ދަނޑުވެރިއެއްގެ ދަނޑެއްގެ ތެރެއިން ދާނަމަ ފުރަތަމަ ފެންނާނީ ފެހިކުލައިގެ ގެއެކެވެ.
އަދި އެގޭގެ އެތެރެއަށް ވަނީމަަ އަނެއްކާވެސް ހުދު ކުލައިގެ ގެއެއް ފެންނާނެއެވެ. ދެން އަނެއްކާ
އެ ގޭތެރެއަށް ވަންނަ އިރު ފެންނާނީ ރަތްކުލައިގެ ގެއެކެވެ. އެގޭގައި ކަޅުކުލައިގެ
ވަރަށް ގިނަ ބޮޅުތަކެއް ހުންނާނެއެވެ. އަހަރެންނަކީ ކާކުކަން ނިކަން ބުނެބަލަ؟

އާދެ ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ތެރޭގައި ބޭނުންކުރާ ތަފާތު އުކުޅުތައް ހުންނާނެއެވެ. އެގޮތުން އަރަތަކީ ވަރަށް މުހިއްމު އަދި ދަރިވަރުންގެ ޝައުޤުވެރިކަން ފިލާވަޅުގެ ތެރެއަށް ވައްދާ ސިކުނޑިތައް ހުޅުވާލުމަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ގިނަ މުދައްރިސުން ދެކިލައްވައެވެ. އެގޮތުން ދަރިވަރުންގެ ފިލާވަޅުތައް ފެށުމުގެ ކުރިން އެ ފިޅާވަޅަކާއި ގުޅޭގޮތުން އަރަތެއް ތައްޔާރުކޮށް ތަފާތު ނަޒަރަކުން ވިސްނުމަށް ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close