ކުޑަކުދިންގެ ހަފްތާ އަރަތް 6
ފުރަތަމަ ކުރީ ހަފްތާގެ އަރަތުގެ ޖަވާބު ތިރީގައިވާ ތާވަލުގައި އެވަނީ. ބައްލަވާ ލައްވާ !

މި ހަފްތާގެ އަރަތް
ކުޑަކުދިންގެ އަރަތް (06)
އަހަރެންނަކީ ފަތަކަށްވުރެ ލުއި އެއްޗެކެވެ. އެކަމަކު އެއްވެސް މީހަކަށް އަހަރެން އެހާ ގިނައިރަކު ނުހިފެއްޓޭނެއެވެ. އަހަރެންނަކީ ކާކު؟
ކުޑަކުދިންގެ އަރަތް (7)
އަހަރެންނަކީ ވަރަށް ގިނަ މީހުން ބޭނުންކުރާ މީހެކެވެ. އަހަރެންގެ ނަން ފެށޭނީވެސް އަހަރެން އިންނަ ކުލައިންނެވެ. އެކަމަކު އެކުލައި ނޫނަސް އަހަރެން ހުންނާނެއެވެ. އަހަރެންގެ ބޮލުގައި ފެހިކުލައިގެ ތާޖެއް އިނދެއެވެ. އަހަރެން ވައްކޮށްވެސް ހުރެއެވެ. އަދި ހިމަ ދިގުކޮށްވެސް ހުރެއެވެ. އަހަރެންގެ އެތެރޭގައި ވަރަށް ގިނަ ކުދި އޮށް ހުންނާނެއެވެ. އަހަރެންނަކީ ކާކު؟
ކުޑަކުދިންގެ އަރަތް (8)
އަހަރެންނަކީ ތިން ކުލައި ހިމެނޭ މޭވާއެކެވެ. އެތެރޭގައި ހުންނާނީ ކުދި ކަޅު އޮށްތަކެކެވެ. އަހަރެންގެ އެންމެ ބޭރު ކުލަ ހިމެނޭ ބައި އެއްވެސް މީހަކު ނުކާނެއެވެ. އެކަމަކު ދެން އޮންނަ ދެ ކުލައިގެ ބައިވެސް ކާނެއެވެ. އަހަރެންނަކީ ކާކު؟
ކުޑަކުދިންގެ އަރަތް (9)
އެއްދަވަހަކު މަރިޔަމް ފިހާރައަށް ކުކުޅު ބިސް ވިއްކަން ދިޔައެވެ. ގެއިން ނިކުމެގެން ތަންކޮޅަކަށް ދެވުނުތަނާ މަގުމަތިން ގާގަނޑެއްގައި އަޅައިގެންފައި އޭނާ ވެއްޓުނެވެ. އަދި އޭނާ ގެންގުޅުނު ބިސް ވަށިގަނޑުވެސް ވެއްޓުނެވެ. އޭގައި ހުރި ހުރިހާ ބިހެއް ތެޅުނެވެ. މަގުމަތިން ދިޔަ މީހަކު އޭނާއާއި ސުވާލުކުރިއެވެ. ” މަރިޔަމް.. ތަޅައިގެން އެދިޔައީ ކިތަށް ބިސް ހެއްޔެވެ؟”
މަރިޔަމް ޖަވާބު ދިނެވެ.
” ދެ ބިހުން ދެ ބިހުން ގުނައިފިނަމަ، އެއްބިސް ބާކީ ވާނެ.
ތިން ބިހުން ތިން ބިހުން ގުނައިފިނަމަ، އެއްބިސް ބާކީ ވާނެ.
ހަތަރު ބިހުން ހަތަރު ބިހުން ގުނައިފިނަމަ، އެއްބިސް ބާކީ ވާނެ.
ފަސް ބިހުން ފަސް ބިހުން ގުނައިފިނަމަ، އެއްބިސް ބާކީ ވާނެ.
ހަ ބިހުން ހަ ބިހުން ގުނައިފިނަމަ، އެއްބިސް ބާކީ ވާނެ.
އެކަމަކު ހަތް ބިހުން ހަތް ބިހުން ގުނައިފިނަމަ އެއްވެސް ބިހެއް ބާކީ އެއް ނުވާނެ.” ސުވާލު: އެހެންކަމަށް ވަނީ ނަމަ މަރިޔަމް އަތުން ތަޅައިގެން ދިޔައީ ކިތައް ބިސް ހެއްޔެވެ؟
Mariam amaani