ކުޑަކުދިންގެ ހަފްތާ އަރަތް
ކުޑަކުދިންގެ އަރަތް (02)
އަހަރެންނަކީ އާންމުކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާ އެއްޗެކެވެ. އަހަރެންގެ އާއިލާގައި އުޅެނީ ތިން ވައްތަރު މީހުންނެވެ. އެކަކީ ފެހިކުލައިގެ ހެދުމެއް ލައިގެން ހުންނަ މީހެކެވެ. އަނެކަކު ހުންނަނީ ވަރަށް ދިގުކޮށެވެ. ތިންވަނަ މީހާ ހުންނާނީ ހަތަރެސްކަން ފޮށްޓެއް ހެންނެވެ. އަހަރެންގެ ނަމުގައި ދެ ބަހެއް ވެއެވެ. އަހަރެމެން ތިބެނީ ޕެކެޓެއްގައި ބަންދުވެފައެވެ. އަހަރެންނަކީ ކާކު؟
ކުޑަކުދިންގެ އަރަތް (03)
އަހަރެންނަކީ ކޮންމެ ގެއެއްގައިވެސް އުޅޭ މީހެކެވެ. އަދި އަހަރެންނަކީ އާންމު ކޮށް މީހުން އަތްލައި އުޅޭ މީހެއް ނޫނެވެ. ވަރަށް މަދު ފަހަރަކު ޙާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް އަހަރެންގެ ބޭނުމެއް ނުކުރެއެވެ. ތިބާ އަހަރެންގެ ކުރިމައްޗަށް އަރައިފިނަމަ ތިބާގެ ސޫރަ އަހަރެންގެ އެހީގައި ފެންނާނެއެވެ. ބައެއް ފަހަރު އަހަރެންގެ އެކުވެރިއެއްގެ ގޮތުގައި ފަރުދާއެއް ހުރެއެވެ. އަހަރެންނަކީ ކާކު؟
ކުޑަކުދިންގެ އަރަތް (04)
އަހަރެން އުފައްދާ މީހަކު އަހަރެންގެ ބޭނުމެއް ނުކުރެއެވެ. އަދި ހަމައެހެންމެ އަހަރެން ގަންނަ މީހަކުވެސް އަހަރެންގެ ބޭނުމެއް ނުމެކުރޭމެއެވެ. އަދި އަހަރެންގެ ބޭނުންކުރާ މީހަކަށް އަހަރެންނަކީ ކާކު ކަމެއް ނޭނގެއެވެ. އަހަރެންނަކީ ކާކު؟
ކުޑަކުދިންގެ އަރަތް (05)
އަހަރެން ހިމާޔަތް ކުރުމަށްޓަކައި ތޫނު ހަތިޔަރުތަކެއް އަހަރެންގެ ކައިރީގައި ވެއެވެ. އަހަރެން ކުޑައިރު އިންނަނީ ފެހިކުލައިގައެވެ. ނަމަވެސް ބޮޑުވުމުން ރަތްކުލައަށް ބަދަލުވެއެވެ. އަހަރެންނަކީ ކުރިން ދިވެހިން ކައިއުޅުނު އެއްޗެކެވެ. އަހަރެންގެ ބޭނުންކޮށްގެން ޖޭމުވެސް ބައެއް ޤައުމުތަކުގައި އުފައްދައެވެ. އަހަރެންގެ ބޭރުތޮށިގަނޑު އެހާ ބޮލެއް ނުވާނެއެވެ. އަދި ތެރަހެއްގެ ގޮތުގައިވެސް އަހަރެން ބޭނުންކޮށް އުޅެއެވެ. އަހަރެންނަކީ ކާކު؟