ޚަބަރު

ކޮންމެ ވެރިކަމެއްގައި ހެދޭ އެންމެ ބޮޑު ގޯހަކީ އިލްމުވެރިންނާ ޖައްސާލުން – ޝެއިޚް އިލްޔާސް

ކޮންމެ ވެރިކަމެއްގައި ހެދޭ އެންމެ ބޮޑު ގޯހަކީ އިލްމުވެރިންނާ ޖައްސާލުން ކަމަށް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ،

ޝައިހް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ، ގައުމީ ޔުނިވާސިޓީގެ އިސްލާމިކް ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން ކަމަށްބުނެ، ޑރ. އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.

މިކަމާގުޅިގެން ޝައިހް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. އިޔާޒަކީ ލާދީނީވެރިން އެންމެ ޖެހިލުންވާ ދީނީ އިލްމުވެރިޔާ ކަމަށާއި ޖެހިލުމެއް ނެތި މާޒީގެ ވެރިންނަށް ދެއްވާ ރައްދަށް އެ ބޭފުޅުންނަށް ކެތް ނުކުރެވޭ ކަމަށެވެ. އަދި އިޔާޒާ މެދު ނާއިންސާފުން އަޅާ ފިޔަވަޅުތަކަކީ ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

“އިލްމުވެރިންގެ އަގު ވައްޓާލާ، އިލްމުވެރިންނާ ޖައްސާލުމަކީ ކޮންމެ ވެރިކަމަކަށް ވެސް ހެދޭ ބޮޑު އެއް ގޯސް. އަޅުގަނޑުމެން މިތިބީ ޑރ.އިޔާޒާއެކު. އެމަނިކުފާނަށް ދެރައެއް ލިބުނަ ނުދޭނަން” އިލްޔާސް ވިދާޅުވިއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close