ޚަބަރު

ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީ އިން ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ އެރަށް ގެންގޮސްފައިވާއިރު މި ދެދުވަހު ކުރިއަށް ދާނީ އެހިލަތަށް އަންލޯޑް ކުރުމުގެ މަސައްކަތެވެ.

ލަންދޫ ބަނދަރުގެ މަސައްކަތް ހުއްޓުމެއްނެތި ރެޔާދުވާލު ކުރިއަށްދާއިރު މިހާރުވަނީ އެރަށު ބަނދަރުގެ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެވެސް  89 ޕަސެންޓް ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 25,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256  މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީއިން މަޢުލޫމާތު ދެއްވައެވެ.

އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1,280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭކަމަށްވެސް އެމްޓީސީސީއިން ހާމަކުރައްވައެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 35.60 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close