އެންމެ ވަރުގަދަ ލީގުތަކުގެ ޓޮޕް ސްކޯރާސް
ދުނިޔޭގައި އެންމެ ގިނަބަޔަކު ސަޕޯރޓްކޮށް ތަރުހީބުދީ ވަގުތުން ބަލަމުންގެންދާ ކުޅިވަރަކީ ފުޓްބޯޅަ ކަމަށްވީހިނދު ދުނިޔޭގައި އެންމެ ނަންމަޝްޙޫރު ވަރުގަދަ ލީގުތަކުގައި މިއަހަރު މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންނަށް ބަލާލުމަކީ ވަރަށް މުޙިއްމުކަމެއްކަމުގައި ދެކެމެވެ.
މިގޮތުން ދުނިޔޭގައި އެންމެ ގިނަބަޔަކު ބަލަމުން ގެންދާ އިންގުލިޝް ޕްރެމިއާރ ލީގުގެ މިއަހަރުގެ ލަނޑު ލިސްޓަށް ބަލާއިރު ލަނޑު ލިސްޓްގެ އެންމެ ކުރީގައި ޖުމުލަ 17 ގޯލާއިއެކު އުޅެނީ ލިވަޕޫލުގެ މިސްރުގެ ފޯވާރޑް މުޙައްމަދު ސަލާއެވެ. މި ލިސްޓްގެ ދެވަނަގައި އުޅެނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ބްރޫނޯ ފެނާންޑެސް އެވެ.
ދުނިޔޭގެ އެންމެ ނަން މަޝްޙޫރު ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ ސްޕެނިސް ލަލީގާއަށް ބަލާލާއިރު މިވަގުތަށް ލަނޑު ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ފަހުގެ ތާރީހެއްގައި އެ ލީގުގެ ލަނޑު ލިސްޓްގެ އެންމެކުރި އެންމެ ގިނައިން ހޯދާފައިވާ ބާސާގެ ތަރި އާޖެންޓީނާގެ ލިއޮނަލް މެސީއެވެ. ޖުމުލަ 18 ގޯލާއިއެކު މެސީ 1 ވަނާގައި އޮތް އިރު މިލިސްޓްގެ ދެވަނާގައި އުޅެނީ މެސީ އާއިއެކު ގިނަ ދުވަހެއްގައި ބާސާއަށް ކުޅުމަށްފަހު މިއަހަރު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފައިވާ އުރުގުއާއީގެ ލުއިސް ސުވަރޭޒް އެވެ.
ޖަރުމަންގެ ބުނަޑަސްލީގާގެ މިއަހަރުގެ ލަނޑު ލިސްޓްގެ ކުރިއަށް ބަލާއިރު ތިން ކުޅުންތެރިއަކުވަނީ 9 ލަނޑައިއެކު ލަނޑު ލިސްޓްގެ އެންމެ ކުރީގައި ހިމެނިފައެވެ. އެއީ އެންމެފަހުގެ ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި ބަޔާން މިނިކަށް ކުޅެ ޕޮލޭންޑުގެ ޕޮލެންޑްގެ ރޮބާޓް ލެވަންޑޯސްކީ އާއި ފްރެންފާޓްގެ ޖަޕާންކުޅުންތެރިޔާ ޑައިޗީ ކަމަޑާ އާއި އަދި ޑޯޓްމުންޑް އަށް ކުޅެމުން އަންނަ އިގިރޭސިވިލާތުގެ ޖޯޑަން ސަންޗޯއެވެ.
އިޓާލިއަން ސީރިއާގައި މިއަހަރު މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއެއްގެ ގޮތުގައި ލިސްޓްގެ ކުރީގައިވަނީ އިންޓަމިލާނަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާރޑު ލުކަކޫއެވެ.
މިވަގުތައް މިކުޅުންތެރިން ލިސްޓްތަކުގެ ކުރީގައި އުޅުނު ނަމަވެސް ލީގު ނިމޭއިރު މިލިސްޓަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.


