ޚަބަރު

ގެއްލިގެން ހޯދި ތުއްތުކުއްޖާ ފެނުނުއިރު އޮތީ ނިޔާވެފައި

އދ. ފެންފުށިން ގެއްލިގެން ހޯދަމުންދިޔަ، އުމުރުން 4 އަހަރުގެ ތުއްތު ކުއްޖާ ފެނުނުއިރު އޮތީ ނިޔާވެފައި ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އދ. ފެންފުށިން ގެއްލިގެން ހޯދަމުންދިޔަ، އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، މި ތުއްތު ކުއްޖާގެއްލިގެން އދ. ފެންފުށިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވިރު 03:20 ހާއިރު ކަމަށެވެ.

“ކުއްޖާ ހޯދަމުންދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވާ.” ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އުމުރުން 4 އަހަރުގެ އެ ތުއްތު އެކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔަ އިއިރުވެސް ނިޔާވެފައިވާކަމަށް ފެންފުށީ ހެލްތު ސެންޓަރުން، ޑޮކްޓަރާއި ހަވާލާދީ ފުލުހުންނަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.

މި ހިތާމަވެރި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު ގެންދަނީ ތަހްޤީޤު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close