އިދިކޮޅުން ރޭ ބޭއްވި ޙަރަކާތަކީ އެޗްޕީއޭގެ ޤަވާއިދާއި ޚިލާފު އެއްވުމެއް – ފުލުހުން
އިދިކޮޅު ފަރާތްތަކުން ނަސްރުގެ ދުވަހާއި ގުޅުވައިގެން ރޭ ކުރިއަށް ގެންދިޔަ ހަރަކާތަކީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބޭއްވި ހަރަކާތެއް ކަމަށް ފުލުހުން ބުނެފިއެވެ. އަދި އެ ހަރަކާތްވަނީ ފުލުހުން ހުއްޓުވާފައެވެ.
ބައްދަލުވުމުގެ ތެރެއިން ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނީ ޝުޖާއު ހައްޔަރުކުރީ ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑުލައިނާއި ހިލާފަށް އެއްވުން ބޭއްވުމުން ކަމަށެވެ.
ސުޖާއު ހައްޔަރުކޮށްފައިވޭތޯ ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ރޭ ވިދާޅުވީ، އެޗްޕީއޭގެ ގައިޑުލައިންތަކާއި ހިލާފަށް އެއްވުން ނުބޭއްވުމަށް ނަސޭހަތްތެރިވެފައި ވަނިކޮށް އެއްވުން ކުރިއަށް ގެންދާތީ ފުލުހުންގެ ބެލުމުގެ ދަށަށް ސުޖާއު ގެނެސްފައިވާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ނަސްރުގެ ދުވަހާއި ދިމާކޮށް “ބަޑި ބުރާސްފަތި” ނަމުގައި އެންމެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަސައްކަތް ކޮށްފައިވަނީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް ކާނިވާ ސަރަހައްދުގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހުއްދަ ނުލިބުމުން މި ޖަލްސާ ކުރިއަށް ގެންދިޔައީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.


ފުލުހުންް ތިބީ ލާދީނީެފަ