ރަންމުތުގެ ފަރުބަދަ (6 ވަނަ ބައި)
( 6 ވަނަ ބައި )
ސުފުރާ ވިޔޭ ތަނަވަސް ޔަޤީން ހާލަތު އެކީ ރަނގަޅުމެ ވިޔޭ
ނުފުރޭ ހިތަށް އެދެވުނެ އިތުރު ކަންކަން ވުމަށް ދަހިވެތިވަމުން
ސިއްރުން ފޮރުވި ތައްޓަށް ވެދުން ކުރުމަށް ކަރުނަ އޮހޮރަން ވެގެން
ސިއްރުން ތެދޭ ވިސްނީ ގޮތެއް އިނދެގެން މަޑުން ގިސްލާ މެރޯން
ވަކިވިޔަ ނުދީ ލޯބިން އުޅުނު ދެދަރިން އެކީ ފޮނުވާ ލުމަށް
ވަކިކޮށް ދުރަށް ޖައްސާ މެލާން ނިންމީ މުތޭ އެދިގެން ލިބުން
ނަމުގައި މޮޅަށް ކިޔަވައި ދިނުން ބޯޑިން ސުކޫލަށް ފޮނުވުނީ
އަމުނާލުމަށް ރަންމުތް ތަކެއް ހާރަށް ހަޔާތުގެ ފަށްފަށުން
މުޅި ޤުލްޝަނަށް ހުވަނދާ އަތަރު ފަތުރާލަދިން މާތައް މިލާ
“ބަޅިނދާ ކޮކާ” ފަޅުފިލުވަދިން ނެތިގެއްލުނީ ލޯކުރި މަތިން
ވަކިވުމުގެ ހިތި ރާހަތު އަރަށް ލިބުމާ އެކީ މާޔޫސްވެގެން
ޝަކުވާ ތަކެއް ކުރެވުނެ ހިތާ ފާއްދާ ކަރުނަ ގިސްލާ ރޮމުން
އެއްކުރެވިފައި ވާ މުތް ތަކުން ފެންވަރު ރަނގަޅު ގެއެކޭ ގަތީ
ހެއްކެއް ކަމަށް ފުދުނޭ އަޅާ ހާލަތުބަދަލު ވާކަން ތަށިން
ގޭގައި ވިޝާހިއްޔަތު ކަމޭ މަރުމަރު ތަނބުން އަންގައި ދެނީ
ގޭގައިވި މޮޅު ފަރުނީޗަރުން ތަނަވަސް ކަމަށް ހެކިދޭ މަޑުން
”ކޮންފަދަ ގޮތެއްގައި ތޯ ގަތީ ހައިރާން ތެދޭ ވެއްޖޭ ނިކަން
” ކޮން ތަނަކުހޭ ފައިސާ ހުރީ؟ އެދެމޭ ޖަވާބެއްވެސް ދިނުން
ކުރި ޒާހިރާ މިސުވާލުގައި ދޭނޭ ޖަވާބެއް ވިސްނަމުން
ހުރެފައި ބުނީ ގުޅުމެއް ނުވާ ވާހަކައެކޭ ވަޤުތުގެ ގޮތުން
“ތަރި ޒާހިރާ ނަމައީ އެދޭ ބާލާކަށެއް ވެސް އަމުދަކުން
އަރިވާ ނެހެން ފަހަތަށް ނުޖެހި ޒާހިދު މިތާ އަބަދަށް ހުރިން
އިހުގައި މަގޭ މުނިޔާ ފުޅަށް ހިތްފުރުމުގައި ދަތިވީ ގޮތައް
” ރިހުމާއި ވޭން މިތަނުން ތެދޭ އަލަކުން ފެނުން ނުމެވޭ ޔަޤީން”
