ތިމާ އިސްލާޙުވާށެވެ!
ބޭރަށްނުކުމެ ގުޅިގެންއުޅޭ ބަޔަކާއެކީ ބޯފަތްތަކުން،
ދެރަހީވެގެން ހުރެވޭނިކަން އިވެމުންމިދާ އެކިއަޑުތަކުން.
ޢުމުރުންނުހަނު ހަގުޢުމުރުގައި މެކިގެންދެވޭ ގިނަކަންކަމުން،
އިމުގައިނުހުރެ އެންގެވިމަގުން ނުހިނގާކަމުން އޮތްދެރަޔަކުން.
ތަރުބިއްޔަތެއް ދެވިފައިވިޔަސް ތަޢުލީމުއަދު ހުރިމިންވަރަށް،
ތަރުބިއްޔަތުން ކުރިރާހަތެއް ނުފެނޭއެހުރި ބަދުޚުލުޤަކުން.
ދުނިޔޭގެވައި ނުފުށަށްޖެހޭ ދަނޑިވަޅުއައުން އޮތްގޮތްކަމުން،
ދުނިދަނޑިތަކުން ރެކިނުވެވުމުން ބޮވެމުންއެދާ ހިތިޒަހަރަކުން.
ނަފުސަށްހަވާ ހެއްލެވިމިތާ ހިތުހުރިކަމެއް ކުރުމުންތިމާ،
ނަފުރަތުމިތާ ލިބިގެންދެޔޭ ކޮޅުނެތްކޮޅަށް އަގުވެއްޓެމުން.
މިތަނުގެދަތުރު ނިމިގެންފުރަން ދާންޖެހުމަކީ އޮތްގޮތްކަމުން،
މިތަނުންލިބެން އޮތްބޮޑުނަފާ ނުލިބޭނެތީ އޮތްދެރަޔަކުން.
ދަރިޔަކު ބަލައިބޮޑުކޮށް މިތާ ތަރުބިއްޔަތެއް ދިނަކަސް އަދަކު،
ދަރިޔަކުފުށުން ލިބެވޭއުފާ ނުލިބޭކަމުން ވާދެރަޔަކުން.
ޑުރަގަށް ހިފާދެވި ގަދަވެގޮސް ކަރުގިލަކަނޑައި ވިއްކާހަދައި،
‘ސަރަކައިގެބުރު’ އެނބުރޭގޮތަށް އުޅެމުންއެދާ ބަދުއުޅުމަކުން.