ޚަބަރު

ކެނދިކުޅުދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކޮށްފި

ނ.ކެނދިކުޅުދޫގައި ސަރުކާރުން ޢިމާރާތްކޮށްދެއްވާ އާ އިންޖީނުގެ އެޅުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންއާއި ، އެމަސައްކަތުގެ ކޮންޓްރެކްޓަރ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ ފެނަކަ މައިއޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއީ ނ.ކެނދިކުޅުދޫގައި މިހާރު އިންޖީނުގެ ހުރި ސަރަހައްދުގެ ގޮތުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އެކަމަށް ހައްލު ލިބިގެންދާނެއެވެ.

ސަތޭކައަށް ވުރެ ގިނަ ރަށުގައި ޖުމުލަ 128 މަޝްރޫޢު އެއް މިހާރުވެސް ގެންދަވަނީ ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދަވަމުންނެވެ. ނިމިގެންމިދާ 2019 ވަނަ އަހަރަކީ ރެކޯޑް ޢަދަދަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުނު އަހަރެއްކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close