ގޮވާއެއްޗެއް އުފައްދަން ކުދިންތަކެއް މަސައްކަތްކޮށްފި
ސްކޫލެއްގެ ލެބޯޓްރީން ކެމިކަލްތަކެއް ވަގަށްނަގައިގެން ގޮވާޒާތުގެ އެއްޗެއް އުފައްދަން ކުދިންތަކެއް މަސައްކަތް ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އުމުރުން 15 އަހަރުން ދަށުގެ ކުދިންތަކެއް، ސްކޫލެއްގެ ލެބޯރެޓަރީން ކެމިކަލްތަކެއް ވަގަށް ނަގައިގެން، ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ރޭ ފަށައިފައި ވާކަމަށެވެ.
މި މައްސަލައިގައި އަދި އެއްވެސް ކުއްޖަކު، މީހަކު ހައްޔަރު ނުކުރާ ކަމަށާއި ވަގަށް ނަގާފައިވާ ކެމިކަލްތައް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.




