ޚަބަރު

މަރު ކޮމިޝަން އެކުލަވާލުމުގެ އެންމެބޮޑު މަޤްޞަދަކީ ރިޟުވާނަށް ވީގޮތް ހޯދުން – ރައީސް

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން އެކުލަވާލުމުގެ އެންމެބޮޑު މަޤްޞަދަކީ ރިޟުވާނަށް ވީގޮތް ހޯދައި، އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް މިފަދަކަމެއް މުޖުތަމައުގައި އަލުން ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ކަމުގައިވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އަދި ރިޟުވާންގެ މަރުގެ މައްސަލާގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް ރައީސްވިދާޅުވިއެވެ.

ރިޟްވާންގެ މަރުގެ މައްސަލާގައި މަރުތަކާބެހޭ ކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ކޮމިޝަންގެ 2 ވަނަ ޑްރާފްޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

މަރުތަކާއިބެހޭ ކޮމިޝަނުން އެކުލަވާލާފައިވާ ކޮމިޝަންގެ ރިޕޯޓްގެ ޙުލާސާބަޔާން ރައްޔިތުންގެ މަޖިލީހުން އާންމުކުރުމާއެކު ގިނަބައެއްގެ ލޯތައްވަނީ އެ ރިޕޯޓަށް ހުއްޓިފައެވެ. އަދި މި ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް ރިޟުވާން ގެއްލުނުގޮތާއި، ރިޟުވާން މަރާލާފައިވާގޮތް ކިޔައިދީފައިވެއެވެ. އަދި މިކަމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވެފައިވާ މީހުންނާއި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުގެ އާންމު މައުލޫމާތު ހިމެނޭހެން މި ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close