ޚަބަރު

ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް މޯލްޑިވް ގޭހުން، ފުޅިވެސް ހިލޭ، ފުޅި ގުޅައިދިނުންވެސް ހިލޭ

ހިޔާ ފްލެޓު ލިބުނު ފަރާތްކަކަށް ހާއްސަ ޕްރޮމޯޝަނެއް މޯލްޑިވް ގޭސްއިން ފަށައިފިއެވެ.

”ހިޔާ ޕްރޮމޯޝަން“ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި އެންމެ ޚާއްޞަކަމަކީ ހިލޭ އިންސްޓޯލް ކޮށްދިނުމާއިއެކު ފުޅިވެސް ހިލޭ ލިބޭކަމެވެ.

މި ޕްރޮމޯޝަން އިއްޔެ ފަށާފައިވާއިރު ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތައް ފްލެޓުތަކަށް ވަދެ ނިމެންދެން އެ ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެ ޕްރޮމޯޝަނުގެ ދަށުން މޯލްޑިވް ގޭހުގައި ރަޖިސްޓާވާން ބޭނުންވާ ފަރާތްތަކަށް އެ ކުންފުންޏަށް ގުޅައިގެން ރަޖިސްޓްރޭޝަންގެ ކަންކަން ކުރުމުގެ ފުރުސަތު މިހާރު ވަނި ހުޅުވަލާފައެވެ. އަދި އެ ކުންފުނިން ދަނީ އެޗްޑީސީގެ ސައިޓުގައި ޓެންޓު ޖަހައިގެންވެސް ހަރަކާތްތެރި ވަމުންނެވެ. މޯލްޑިވް ގޭހުން ބުނީ އެ ޓެންޓުތަކަށް ޒިޔާރަތް ކޮށްގެންވެސް ރަޖިސްޓާ ކުރެވޭނެ ކަމަށެވެ.

ހިޔާ ޕްރޮމޯޝަނުގައި ބައިވެރި ވުމަށްފަހު ގޭސް ރީފިލް ކުރުމަށް ދައްކަން ޖެހެނީ 200 ރުފިޔާއެވެ. އަދި ރަޖިސްޓާ ވުމުން ހިލޭ ގޭސްފުޅި ލިބުމުގެ އިތުރުން، ހިލޭ އިންސްޓޯލްވެސް ކޮށްދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މޯލްޑިވް ގޭހުން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން ރަޖިސްޓާވާ ފަރާތްތަކަށް ސީދާ ފްލެޓަށް ގޭސްފުޅި ޑެލިވާ ކޮށްދޭނެ ކަމަށެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close