25 މޭ 2022
ބުދަ
މިއަދު

ކޮވިޑް 19: ޢަދަދުތައް 2700 އިން މައްޗަށް

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޢަދަދު 2707 ށް އަރައިފިއެވެ.

އެޗް.ޕީ.އޭ އިން މިރޭ ހާމަކުރި މަޢުލޫމާތު ތަކަށް ބަލާއިރު، މާލެއިން އެކަނިވެސް 1420 މީހުން ފައްސިވެފައިވާއިރު، އަތޮޅު ތެރެއިން 761 މީހަކުވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ރިސޯޓުތަކުން 94 މީހުންވަނީ ފައްސިވެފައެވެ.

މި ޢަދަދުތަކާއެކު މިވަގުތު އެކްޓިވް ކޭސްގެ ޢަދަދުވަނީ 15721 ށް އަރާފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިގެން ފަރުވާދެމުންދާ މީހުންގެ ޢަދަދު އިތުރުވެ އެ ޢަދަދުވަނީ 52 ށް އަރާފައެވެ.

ކޮވިޑް 19 ރާއްޖޭގައި މިދުވަސްކޮޅު ހަލުވިކަމާއެކު ފެތުރެމުންދާއިރުވެސް އެޗް.ޕީ.އޭ އިން ވިދާޅުވެފައިވަނީ ވިސްނުން ހުރީ ބައްޔާއެކު އުޅޭގޮތަށް ކަމަށެވެ. ހަރުކަށި އެއްވެސް ފިޔަވަޅެއް އަޅާ ވިސްނުމެއް އަދި މިވަގުތު ނެތްކަމަށެވެ.