އެއްވެސް އަގެއް ނެތި
އުފާވެރި މަންމައިންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ހުރިހާ މަންމައިންނަށް އަރިސްކުރަން! މިއީ ޖޯން ގިލްބާރޓް ލިޔުއްވާފައިވާ ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ.
ދުވަހަކީ ހޫނު ގަދަ ދުވަހެއްކަމުން
ކަރުހިއްކައިގެން އަނިކް ބަދިގެއަށް ވަނެވެ. އޭރު އޭނާގެ މަންމަ ބަދިގޭގައި
ކޮންމެވެސް ކާއެއްޗެއް ތައްޔާރުކުރުމުގައި އަވަދިނެތި އުޅެމުން ގެންދެއެވެ. ޖޫސްތައްޓެއް
ދިނުމަށް މަންމަކުރެން އެދުނެވެ. ޖޫސްތަށި ބޯލުމަށްފަހު އަނިކް ނިކުތީ ބޭރަށެވެ.
އޭގެ ކުޑައިރުކޮޅެއްފަހުން އަނެއްކާވެސް އަނިކް ބަދިގެއަށް ވަނެވެ. އެނާގެ އަތުގައި
އޮތް ކަރުދާސްގަނޑެއް މަންމައަށް ދިއްކޮށްލުމަށްފަހު މަންމަ ބުނާނެ އެއްޗެއް އަޑުއެހުމަށް
މަޑުކޮށްލިއެވެ. މަންމަ އަތްސާފުކޮށްލައިގެން އައިސް ދަރިފުޅު ދިން ކަރުދާސް
ގަނޑުގައި ވަނީ ކީކޭތޯ ބެލިއެވެ.
އޭގައިވަނީ މިފަދައިން ލިޔެފައެވެ.
” ގޭދޮށުގައި ހުރި ވިނަ ގަސްތައް ނޮޅައިދިނުމަށް: 5 ރުފިޔާ
މިހަފްތާގައި އެކަނި ކޮޓަރީގެ ތަންމަތި އަޅާ
ކޮޓަރި ސާފުކުރުމަށް: 10 ރުފިޔާ
މަންމަ އެދިގެން ފިހާރަޔަށް ދިއުމަށް: 5 ރުފިޔާ
މަންމަ ބޭރަށްދާ ވަގުތު ތަކުގައި ކޮއްކޮ ބަލައިދިނުމަށް: 25 ރުފިޔާ
ގޭގައި ހުރި ކުނި ބަރޯ އުކާލަދިނުމަށް: 5 ރުފިޔާ
އިމްތިހާނުން ރަނގަޅު ނަތީޖާއެއް ލިބުމުން: 20 ރުފިޔާ
ގޭދޮރުމަތި ސާފުކޮށްދީ ކުނިކަހައިދިނުމަށް: 4 ރުފިޔާ
މުޅިޖުމުލަ އެންވީމާ: 74 ރުފިޔާ ”
މިހެންނެވެ.
މަންމައަށް ކުރި ފުންއަސަރަކުން ދަރިފުޅާއި ދިމާއަށް ކުޑައިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތުގެ ތެރޭގައި އެ މަންމަގެ ލޯބިވާ ދަރިފުޅުގެ ހަނދާންތައް އާވިއެވެ. މަންމަ ދަރިފުޅަށް ޖަވާބެއް ދޭން ނިންމިއެވެ. ކޮޓަރިން ގަލަމެއް ހިފައިގެން އައިސް އެކަރުދާހުގެ އަނެއްފުށުގައި މަންމަ ލިޔުނެވެ.
” ނުވަމަސް ވަންދެން މި މަންމަގެ ބަނޑުގައި ދަރިފުޅު އުފުލީ: އެއްވެސް އަގެއް ނެތި ” ދަރިފުޅަށް ރައްކާތެރިކަން ދިނުމަށް މަންމަ ނުނިދާ ހޭލާ ހުރުމާއި ޑޮކްޓަރަށް ދެއްކުމާއި ދަރިފުޅަށް ހެޔޮދުޢާކޮށްދިނީ: އެއްވެސ ް އަގެއް ނެތި
ދަރިފުޅަށް ކޮންމެ ކަމެއް ދިމާވިޔަސް ތިޔަ ލޮލުން އެޅި ކަރުނަތަކަށް މަންމަ ދިން ލޯބި: އެއްވެސް އަގެއް ނެތި
އެތަކެއް ރޭދުވާ ކޮށްދިން ހޭހަންތަކާއި ހާސްކަމާއިއެކު ދަރިފުޅު ބޮޑުކުރުމަށް އުފުލި ބުރަތަކަށް: އެއްވެސް އަގެއް ނެތި.
ދަރިފުޅަށް ހޯދަދިން ކުޅޭ ސާމާނާއި އަންނައުނާއި ކާނާގެ އިތުރުން ރޯގާފޮޅާދިނީވެސް: އެއްވެސް އަގެއް ނެތި
ދަރިފުޅު މިހުރިހާ ކަމެއް އެއްކޮށްލުމުން، މަންމަގެ ލޯބީގެ އަގަކީ ދަރިފުޅަށް ހިލޭ ސާބަހަށް ކޮށްދިން ކަންކަން
އަނިކް މަންމަ ލިޔުން ކިޔާނިންމާލި އިރު އޭނާގެ ލޮލުން ކަރުނު އާދެއެވެ. އަދި މަންމައާއި ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ. “އަޅުގަނޑު މަންމަ ދެކެ ވަރަށް ލޯބިވަން.” އަދި ގަލަން ނެގުމަށްފަހު އޭނާ ލިޔެފައިވާ ބައިގެ ތިރީގައި ނިކަން ބޮޑުކޮށް ލިޔުނެވެ. ” ހުރިހާ ކަމެއްގެ އަގުވެސް ލިބިއްޖެ”