އެތައްޒަމާނެއް ވަންދެން އެއްގޮތެއްގައި ނ.މާޅެންދޫ ރައްޔިތުން ހިންގަމުންއައި ރައްޔިތުންގެ އިންޖީނުގެ ރައްޔިތުން ސަރުކާރާއި ހަވާލުކުރީ، ނުވަތަ ދިނީ ސަރުކާރުން އެތައް ފިއްތުން ތަކެއް ރައްޔިތުންނަށް ކުރިމަތި ކުރުމުން ” އަލުގަނޑުގެ ހާޒިރުގައި” ހިޔޮއަގުގައި ރައްޔިތުންނަށް ކަރަންޓް ކަށަވަރުކޮށްދީ އިންޖީނުތައް ބޮޑެތިކޮށް އިންޖީނުގެ އަވަށާ ދުރައްޖައްސާ ޔުނިޓެއްގެ އަގު 2.50ރ. އަށްވުރެ ބޮޑުނުކުރާނެކަމަށް އަހުދު ކަށަވަރުވުން ނ.މާޅެންދޫ ރައްޔިތުންނަށް ދިނުމައްފަހުގައެވެ.
މިއީ ވަރަށް ސީރިއަސް ވާހަކައެކެވެ. މިކަން އެދުވަހު އެހެންވިއަސް، މިއަދު މިކަން މިވަނީ ގޯހުން ގޯހައްގޮސް ނ.މާޅެންދޫ ފެނަކާ އިންޖީނުގޭގެ އިންޖީނުތަކުން އަރާ ކަޅުދުމުގައި އެކުލެވޭ ތައިރު ތަކުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި، ސިއްހީމަރުކަޒުގައި އެޑުމިޓްކުރާ ބަލިމީހުންނަށް އިންސާނީ ބޮޑު މުސީބާތަކައްވެފައެވެ. އިރު ދެކުނުން ވައިޖެހޭނަމަ ސިއްހީ މަރުކަޒުގައި އެޑުމިޓްކޮށްފައި އޮންނަ ބަލިހީހާ ގައިން 250 ގުރާމްގެ ތައިރު ކަހާގެން ނަގާކަށް އުދަގުލެއް ނުވާނެއެވެ. އިންޖީނުގެއާއި ސިއްހީ މަރުކަޒާ ދޭތެރޭގެ ދުރުމިނަކީ ގާތްގަޑަކަށް 10 ވަރަކަށް ފޫޓެވެ.
ނ.މާޅެންދޫ ފުނަމާގެއާއި ފެނަކާ އިންޖީނުގެއާއި ދޭތެރޭގެ ދުރުމިނަކީ ގާތްގަޑަކަށް 5 ފޫޓެވެ. ގެއެއްގެ ވަށާފާރާއި 5 ފޫޓް ދުރުމިނުގައި މިވަގުތު އިންޖީނުގެއެއް ހުރި ހަމައެކަނީ ރަށަކީ ނ.މާޅެންދުއެވެ. މި އިންޖީނުގެއާއި އިންވެގެންވާ ގަސްގަހާ ގެއްސާއި، ފުނަމާގޭތެރޭގައިހުރި ގަސްރުކާއި، ބަދިގެތެރޭގައި ހިފާ ގެންގުޅޭ ހުރިހާ ސާމާނަކާއި، ކާންގެންގުޅޭ ހުރިހާ ތެލި، ތަށިތަކުގަވެސް ތިކިތަޅާވަރަށް ހޭކިފައިހުރީ ފެނަކާ ނ.މާޅެންދޫ އިންޖީނުގެއިން ހުރަހެއްނެތި އަރަމުންދާ ކަޅުދުމުގައި އެކުލެވޭ ތައިރުގެ ތިކިތަކެވެ. އަދި މީގެ އިތުރުން ބޯފެންނަގަން ބޭނުންކުރާ ފުރާޅުގެ ޓިނުތަކުގެ ވާހަކަ ރަގަޅުވާނީ ނުދެއްކިއްޔާއެވެ.
އެތައްޒަމާންތަކެއް ވަންދެން މިކަން މިހެންއޮވެ މިހާލަތަށް މިކަން ބަދަލުވެ، ހައްލު ނުލިބި ފުނަމާގޭގައި ދިރިއުޅޭ އިންސާނުންނަށް އެހީތެރިކަމެއް ފޯރުކޮށްދޭނެ އެއްވެސް ފަރާތެއް ނެތުމުން ފުނަމާގޭގައި ދިރިއުޅޭ ހުރިހާ އިންސާނުންގެ ޝިކާރަޔަކަށް ނ.މާޅެންދޫ ފެނަކާ އިންޖީނުގެ ބަދަލުވެގެން ދިއުމާއިއެކު އަލުގަނޑު މިމައްސަލަ މިހާރުވާނީ ދިވެހިރާއްޖޭގެ ހިއުމަން ރައިޓުސް ކޮމިޝަނައް ހުށައަޅާފައެވެ. މި މައްސަލަ ހިއުމަން ރައިޓުސް ކޮމިޝަނުން ބަލަމުން ގެންދާ ކަމުގެ މައުލޫމާތު އެފަރާތުން އަޅުގަނޑަށް ވަނީ ދެއްވާފައެވެ. އަދި މިމައްސަލައާއި ގުޅިގެން އަޅުގަނޑު ހިއުމަންރައިޓުސް ކޮމިޝަނަށް ވައިބަރކުރާ ފޮޓޯތައް އެފަރާތުން ބަލަމުން ގެންދިއުމާއި، އިސްވެ ފޯނުންދެއްވާ މައުލޫމާތު ފާހަގަ ކުރަމެވެ.
ހިއުމަން ރައިޓްސް ކޮމިޝަން މީގެކުރިން ސިފަވަނީ އެއްވެސް ބާރެއްނެއް ތަނެއްގެ ގޮތުގައެވެ. އެކަމަކު މިވަގުތު މިފަދަ އިންސާނިއްޔަތުކަން ގެއްލޭ ކަންކަމުގައި ފުލްޕަވަރާއިއެކު، ޖެހިލުންވުމެއްނެތި، ކުރިއައްދާތަން ފެންނާތީ އުފާކުރަމެވެ. އަދި މިކަމުގެ ހައްލު ކޮމިޝަނުން ހޯއްދަވައި ދެއްވާނެ ކަމުގައި އަލުގަނޑު ޔަގީންކުރަމެވެ.

ނ.މާޅެންދޫ ފެނަކާ އިންޖީނުގޭގެ ހާލަތު މީގެ އެއްމަސް ކުރިން އަޅުގަނޑައްވަނީ ލޮލުންދެކި އަތުންހިފިފައެވެ. މިވަގުތު އިންޖީނުގޭގައި ބޭނުންކުރަމުންދަނީ 128 ، 120 ގެ ދެއިންޖީނެވެ. މި ދެއިންޖީނަކީ ސާވިސް ކުރުމެއްނެތި ނިއްވާނުލާ ހިންގަމުންގެންދާ ދެއިންޖީނެވެ. މިތަނުން އެއްވެސް އިންޖީނެއްގައި އެއްވެސް މައްސަލައެއް ޖެހެއްޖިއްޔާ ހަމަ ޔަގީނުންވެސް ނ.މާޅެންދޫ ރައްޔިތުން ތިބެންޖެހޭނީ ކަނުއަނދިރީގައެވެ. އަދި ރަމަޟާންމަހާ ހިސާބައް އިންޖީނުގެއައް ހައްލުނުލިބި ދިގުލައި ހިނގައްޖެ ނަމަ ނ.މާޅެންދޫ ފެނަކާ އިންޖީނުގެ ބަދަލު ވެގެންދާނީ ކޯމާއެއްގެ ތެރެއަޓެވެ. މިއީ ވަރަށްބޮޑު މައްސަލައެކެވެ. މިކަމައްހައްލެއް ގެންނަން ނިމިދިޔަ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮއްފައި ވާކަން ފާހަގަކުރަމެވެ. މިގޮތުން ނ.މާޅެންދޫ މަގުތަކުގައި އަލައްކޭބަލްއަޅާ އިންޖީނުގެ އަވަށާ ދުރުކުރުމަށް އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފެނަކާއިން ކޮށްފައިވާކަންވެސް ފާހަގަ ކުރަމެވެ. އަދި އާ އިންޖީނުގެއަށް ގެންދިއުމަށް 280 ގެ އިންޖީނެއް ގެނެސްފައިވާކަންވެސް ފާކުރަމެވެ.
އިންޖީނުގެ ބަދަލު ކުރުމުގެ މައްސައްކަތް ކުރިޔަށްދާގޮތް ބެލުމަށް މިއަދު އަލުގަނޑު ފެނަކާ ކޯޕްރޭޝަންގެ ޕްރޮކިޔުމަންޓް ޑިޕާރޓް މަންޓުގެ ބޭފުޅަކާއި ފޯނުން ވާހަކަދެއްކީމެވެ. އެބޭފުޅާ ބުނުއްވީ ” ތިޔަކަންތައްތަކުގެ ޕްރީބިޑް މީޓިން މިހާރު ހިނގަމުންދާނެ ކަމުގައެވެ” އެކަމަކު ނ.މާޅެންދޫ އިންޖީނުގެއާއި ހަވަލުވެ ހުރި ބޭފުޅާ ބުނުއްވީ” ތިޔަވާހަކައިގެ މައުލޫމާތު ނެއްކަމުގައެވެ” ކޮންމެޔަކަސް ތެދަކީ ކޮބާކަން ދެނެގަންނަން މިއޮތީ ދަތިވެފައެވެ.
މިހާރު މައުލޫމާތު ލިބެމުންދާ ގޮތުގައި ރާނާފައިހުރި އިންޖީނުގެ ހިޔާކުރުމުގެ ކުރިން ހުޅަނގަށް ރާނާފައިވާ ފާރުވެސް ތަޅާލުމައްވަނީ ނިންމާފައެވެ. މިއީ އަނެއްވާހަކައެވެ. ރޭނިތަނަށް ފައިސާދީ ނިންމުމަށްފަހު މިހާރު އަނެއްކާ ޖެހެނީ ރޭނިތަންކޮޅުވެސް ތަޅާލާށެވެ.
މިހާހިސާބައް މި މައްސަލަގޮސް ނ.މާޅެންދޫ އިންޖީނުގެ ނޭޅިލަސްވުމާއި ބެހޭގޮތުން އަޅުގަނޑައްފެންނަ ދެބަހެއް ލިޔެލާނަމެވެ. ނިމިދިޔަ އަބުދު ﷲ ޔަމީނުގެ ވެރިކަމުގައި ސަރުކާރުގެ ބައެއް އޮފީސް ތަކުންނާއި، ކުންފުނިތަކުން ހިންގާފައިވާ ވައްކަމާއި ކަރަޕްޝަން ހައްދުފަހަނައަޅާ ދިޔައިތީވެ ނ.މާޅެންދޫ އިންޖީނުގެ އެޅުމުގައިވެސް ކަންހިނގާފައިވަނީ އެގޮތައްކަމުގައި ގަބޫލް ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އަމުދުން ފެނަކާ ކޯޕްރޭޝަން ވެގެން ގޮސްފައިވަނީ ވައްކަމާއި ކަރަޕްޝަން އެންމެބޮޑަށް އެކުލެވުނު ކުންފުނީގެ ގޮތުގައެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ލިޔަންޖެހެނީ ނިމިދިޔަ އަބުދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމާއި، އެމްޑީއޭ މަޖިލީސް މެމްބަރުން ގުޅިގެން ގެނައި ރައްޔިތުންނާއި ސީދާ ގުޅުންހުރި މިފަދަ އެންމެ އާދައި ޕްރޮޖެކްޓްތަކުންވެސް ކަރަޕްޝަނާއި، ވައްކަން ހިންގަން ފަސޭހަވާނެހެން ހިވާހުރިހާ ގޮތްތަކަކަށް މާލިއްޔަތު ޤަވާޢިދަށާއި، ގާނޫނު އަސާސީއަށާއި، ގާނޫނަށް ގެނައި ގާނޫނާ ހިލާފު އިސްލާހުތަކުގެ ސަބަބުން މިފަދަ ކަންކަން ހިންގުމަށް މަގުފަހިވީ ކަމުގައި ލިޔުމުގެ ފުރުސަތު އެބައޮތެވެ. އަދި މިފަދަ ބަދަލްތައް ގާނޫނާއި، ގާނޫނު އަސަސީއަށް ގެނައިއިރު އެމްޑީޕީ މަޖިލީހައް” ތަނާޒީލް” ވެ ބާރުކެނޑިފައި ކުޅިބަލަން ދަނޑުބޭރުގައި އޮތްކަން ފާހަގަކުރަމެވެ.



އަދުނާނު އެވެ. ފެނަކާ އެއްނޫނެވެ. ފެނަކައެވެ. ލިޔުމުގެ ނިންމުމުގައި ތިޔަ ފާހަގަކުރިގޮތަށް ކަންކަން ކުރީ އެމްޑީޕީގެވެސް ފުރިހަމަ ބައިވެރިވުމާއެކު އެވެ. ތިމާ މަރުދޭބައެއްކަމަކު، ކަންކަން ހިނގިގޮތް އޮޅުވާލަން ނޫޅޭށެވެ. ގާނޫނަށް ބަދަލުގެނައީ ޕީޕއެމް އެމްޑީޕީީ ގުޅިގެންނެވެ.
މާބޮޑަށް ޖަޒުބާތީނުވެ ސީދާ ބުނަންއުޅޭ ނުކުތާއަށް ސޮއްސާލަނިކޮށް ލިޔުންތެރިކަން ކުރިއަރާނެއެވެ.
Noon marudhey baeh veemaeh noon hageegathugaves ym verikamugai vahkan kuran magufahivaa gothah gaanoonu gasaasee ashaai gaanoonah badhalu genaee MDA isve ove .