ޚަބަރު

ރައީސް ޔާމީނާއި، މެޑަމް ފާތުން އާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަން – ކުރީގެ ޑިފެންސް މިނިސްޓަރ

ކުރީގެ ރައީސް ޢަބުދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުންއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކަމަށާއި، ހުރިހާ އިޙްތިރާމާއި ލޯބި އެބައޮތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ “ދެމަފިރިން އެއްވަރަކަށް ސިޔާސީވުމުން ލިބޭ ގެއްލުންވަކިން ބޮޑެވެ.” މިހެން ވިދާޅުވެ އިއްޔެ އެމަނިކުފާނު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއަކާއި ގުޅިގެން ބައެއް ނޫސްތަކުން އެވާހަކަ އޮޅުވާލައިގެން ނުބައިމާނައެއް ނެރެ ފިތުނަ އުފައްދަން މަސައްކަތް ކުރުމުން ކަމަށް ރޭވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ރޭ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި އިތުރަށް ވިދާޅުވެފައިވަނީ ދެމަފިރިން އެއްވަރަކަށް ސިޔާސީވުމުން ލިބޭ ގެއްލުން ބޮޑުކަމަށް ވިދާޅުވީ ރައީސަށް ނުވަތަ މެޑަމް އަށް އަމާޒުކޮށްފައި ނޫންކަމުގައެވެ. އެއީ އަމިއްލަ ތަޖްރިބާ ޙިއްސާކޮށްލެއްވީ ކަމުގައެވެ.

އަދި މިކަހަލަ ކަންކަން ނުބައިކޮށް ތަރުޖަމާ ކުރައްވައިގެން ފިތުނަ އުފެއްދުމުން އެއްކިބާ ވުމަށް ، މިސްޓޭޓަސްގައި އެމަނިކުފާނު އިލްތިމާސް ކުރައްވާފައިވެއެވެ.

އާދަމް ޝަރީފް ރައީސް ޔާމިނަށް ފާޑުވިދާޅުވިކަމަށް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ “ވަގުތު” ނޫހުންނެވެ.

މިނިސްޓަރު ކަމުގައި ހުންނެވި އިރު އާދަމް ޝަރީފް އުމަރަކީ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ޕީޕީއެމް އިން ޕްރައިމެރީއަކާ ނުލައި ގިނަ ފަރާތްތަކަކަށް ޓިކެޓް ހަވާލުކޮށްފައިވާ އިރު، މިހާތަނަށްވެސް އޭނާއަށް ޓިކެޓް ހަވާލުކޮށްފައެއް ނުވެއެވެ.

އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އާދަމް ޝަރީފްވެސް ވަނީ އިއުލާންކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close