ޚަބަރު

ނ. އަތޮޅުގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ އެޕްރީލް މަހުގެ 28 އަދި 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ނ. މާފަރު، އަނޫޝާހައުސް، ޢަލީ ފައިޞަލް (36އ) އާއި ހއ. އުތީމު، ރޭނިގެ، މުޙައްމަދު ރާމިޒް (27އ) އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މުޙައްމަދު ރާމިޒް ހައްޔަރުކޮށްފައިވަނީ ނ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ތިން ފިލްމު ހުސްކުރި ދަޅު ވަނީ ފެނިފައެވެ. އަދި ޢަލީ ފައިޞަލް ހައްޔަރުކުރީ މާފަރަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ ރަށު ބަނދަރު ސަރަހައްދުންނެވެ. އޭނާގެ އަތުން ފެނުނު ތަކެތީގެ ބަރުދަނުގައި 122.44 ގުރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންނަށް ވެސް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. މި ދެ މައްސަލަ ވެސް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close