އައްތަޙިއްޔާތަށް އިންނައިރު ބަލާނީ ސަޖިދަޖަހާތަނަށްތަ ؟

ސުންނަތް ނަމާދަކަސް ނުވަތަ ފަރުޟު ނަމާދަކަށްވިޔަސް، ނަމާދަށް ހުންނައިރު އަޞްލަކީ ސަޖިދަޖަހާ ތަނަށް ބެލުމެވެ. ޤިޔާމުގައި ހުންނައިރު، ރުކޫޢުގައި އޮންނައިރު އަދި ނަމާދުގެ އެކިއެކި މަޤާމުތަކުގައިވެސް ބަލަން ޖެހެނީ ސަޖިދަޖަހާތަނަށެވެ.
އެހެންނަމަވެސް، ނަމާދުގައި އައްތަޙިއްޔާތަށް އިންނައިރު ބަލާނީ ޢިޝާރާތްކުރަމުންދާ ކަނާތުގެ ޝަހާދަތް އިނގިއްޔަށެވެ. މިއީ ޤަބޫލުކުރަން ދަތިކަމަކަށްވިޔަސް، އެއީ އެކަން ބަޔާންވެގެން އައިސްފައިވާ ގޮތެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޠާހިރު ސުންނަތުން ސާބިތުވެގެން އައިސްފައިވާ ގޮތެވެ.
އެކަމުގެ ދަލީލު:
عن عَبْدِ للهِ بن الزُّبَير أَنَّ النَّبِيَّ صَلَّى للهُ عَلَيْهِ وَسَلَّمَ “كَانَ إِذَا قَعَدَ فِي التَّشَهُّدِ وَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى ، وَأَشَارَ بِالسَّبَّابَةِ لَا يُجَاوِزُ بَصَرُهُ إِشَارَتَهُ“. – رواه أبو داود ( 990 ) والنسائي ( 1275 ) – واللفظ له – وصححه النووي في ” شرح مسلم ” ( 5 / 81 )
ޢަބްދުﷲ ބިން އައްޒުބައިރުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އައްތަޙިއްޔާތަށް އިށިއިނދެވަޑައިގަންނަވާ ނަމަ އެކަލޭގެފާނުގެ ވައަތްޕުޅު އެކަލޭގެފާނުގެ ވައަތު ފަލަމަސްގަނޑުގެ މަތީގައި ބާއްވަވައެވެ. އަދި އެކަލޭގެފާނުގެ (ކަނާތު) ޝަހާދަތް އިނގިލިން އިޝާރަތްކުރައްވައެވެ. އެކަލޭގެފާނުގެ ބެއްލެވުން އެއިޝާރަތްކުރެއްވުން ފަހަނައަޅައި ނުދެއެވެ. (އެބަހީ އެކަލޭގެފާނު ބައްލަވަނީ އިޝާރާތްކުރައްވާ އިނގިއްޔަށެވެ.)
އައްތަޙިއްޔާތުގެ އިތުރު ދެސަޖިދަ ދެމެދު އިންނައިރުވެސް ދެއަތާދިމާލަށް ބެލުމަށް ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ. “مجموع فتاوى ابن باز” (29 / 241) .
(ރިފަރެންސް: އިސްލާމް ކިއު.އޭ)


