ޚަބަރު

އައިވީއެފް ހަދަން ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި

އައިވީއެފް ހަދަން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދަރިމައިވުމާ ގުޅޭ ދެ ހިދުމަތްކަމަށްވާ އައިވީއެފްއާއި އައިއޫއައި ގެ ފަރުވާ އާސަންދައިން ހޯދަން އެދޭ ފަރާތްތަކަށް ފުރުސަތު މާރޗް މަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައިވެއެވެ. އަދި އެ މުއްދަތު ހަމަވަނީ މިއަދަށެވެ.

ނަމަވެސް އެންސްޕާއިން އާނމުކޮށްފައިވާ މައުލޫމާތުތަކުގެ އެންމެ ފަހުގެ ތަފްސީލަށް ބަލާއިރު، އައިވީއެފްއާއި އައިއޫއައި ގެ ފަރުވާ އާސަންދައިން ހޯދަން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މެނދުރު 14:00 ޖެހުމުގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

އަދި މީގެ އިތުރުން އެ ހިދުމަތް ހޯދުމަށް ކުރިން ފޯމް ހުށަހަޅާ ފަރާތްތަކަމަށް އެ ހިދުމަތް ދެވިގެންދާނެކަމަށް އެންސްޕާއިން މައުލޫމާތުދީފައިވެއެވެ. ހަމައެހެންމެ، މިއަހަރު އެންސްޕާއިން އައިވީއެފްގެ ހިދުމަތް ދޭން ނިންމާފައިވަނީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި ޝަރުތު ހަމަވާނަމަ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ފަރާތަކަށެވެ. އަދި އައިޔޫއައި ގެ ހިދުމަތްދޭނީ ޖުމްލަ 3 ފަހަރުކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.

އެންސްޕާއިން ބުނެފައިވަނީ، މިއަހަރުގެ ޕްރޮގްރާމުން ޖާގަ ނުލިބޭ ފަރާތްތަކަށް ދެން އަންނަ އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށެވެ.

އެ ދެކަމަށް އެދި ހުށަހަޅާ ފޯމު އާސަންދަ ކައުންޓަރުންނާއި އެ އެޖެންސިގެ ވެބްސައިޓުން ލިބޭނެއެވެ. އަދި ފޯމު ފުރުމަށްފަހު ފެން ބިލްޑިންގގައި ހުންނަ އާސަންދައިގެ އޮފީހަށާއި ޓްރީޓޮޕާއި އައިޖީއެމް އަދި އޭޑީކޭގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ހުންނަ ކައުންޓަރަށް ހުށަހެޅޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close