ޚަބަރު

މިއަހަރުގެ މިހާތަނަށް 85,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 85,591 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.01 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވާއިރު، މިހާރު އެވްރެޖްކޮށް ދުވާލަކު 7,000 އެއްހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަމަށް ތަފާސްހިސާބުން ދައްކައެވެ. އޭގެން ދައްކާގޮތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ، އިޓަލީ އަދި އިނގިރޭސިވިލާތުންނެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުން އެނގޭ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ 69.2 އިންސައްތަ މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާއިރު، 25.4 އިންސައްތަ ފަތުރުވެރިން ތިބެނީ ގެސްޓްހައުސްތަކުގައެވެ. ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށްޓަކައި މިހާރު ރާއްޖޭގައި 1,339 ތަނަކުން 67,664 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

މި ސިނާޢަތުގެ ކުރިއެރުމަކީ ބެޑް ކެޕޭސިޓީ އިތުރުވުމާއި، މައި މާކެޓުތަކުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމުގެ ނަތީޖާއެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close