ޚަބަރު

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 241 މީހުން

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ އިތުރު 241 މީހުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އަންގާރަ ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 06:00އާއި ހަމައަށް އަލަށް ޕޮޒިޓިވްވި 241 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 90 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 143 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހަކާއި ތަރައްޤީ ކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 2 މީހުންނެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމުލަ ޢަދަދު މިވަނީ 71000އިން މައްޗަށް އަރާފައެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ޖުމްލަ 71138މީހުންވަނީ ކޯވިޑް19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްގެ އަދަދު 8000ގައި ހުރުމަށްފަހު މިހާރު އެކްޓިވް ކޭސްގެ އަދަދު މިވަނީ 7747އަށް ތިރިވެފައެވެ.
މިދިޔަ މަހުގެ މެދުތެރޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައެވެ. ނަމަވެސް ޖޫން މަހު މި އަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން 67 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

އެޗްޕީއޭއިން ހާމަކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަލަން ބަލިން ރަނގަޅުވީ 647 މީހުންނެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 63180އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4418 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް ބަލީގަ ނިޔާވި މީހުންގެ އަދަދުވަނީ 200އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 183 ދިވެހިންނާ 17 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close