ޚަބަރު

އަމްރު ވަކިކޮށް އެސްޓީއޯ ވަގުތީގޮތުން ހިންގުން ނިޒާމްއާ ހަވާލުކޮށްފި


ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު ރަޝާދު އެ މަގާމުން ވަކިކޮށް ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކޮށްފިއެވެ.


އެސްޓީއޯ ހިންގުން ހަވާލުކުރި ނިޒާމްއަކީ އެ ކުންފުނީގައި 12 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކުންފުނީގެ ބޯޑަށް އައްޔަނުކުރީ 2020 ވަނަ އަހަރުއެވެ. އެސްޓީއޯގެ ސީއެފްއޯއަކަށް ވުމުގެ ކުރިން އޭނާ ހުރީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑަކަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން އަމްރު ވަކިކުރީ އޭނާ ވަކިކުރަން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އަށް އެންގުވުމުންނެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީގެ ކުރިން “ސަން” އަށް ވިދާޅުވިކަމަށް އެނޫހުން ރިޕޯޓްކޮށްފައިވަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި އަމްރު މަގާމުން ވަކިކޮށްފައިވަނީ އެފަދަ ބަދަލެއްގެ ތެރެއިންކަމަށެވެ.

އަމްރު މަގާމުން ވަކިކޮށްފައިވާއިރު އޭނާ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ޞާލިޙަށް ތާއީދުނުކުރައްވައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމަވައިފައެވެ.

މިފަހުން އޭނާ ވަނީ ރައީސް ނަޝީދުގެ “ފިކުރެއް ދިރުން” ފެކްޝަނާއި ޖުމްހޫރީ ޕާޓީ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކުރި މަޝްވަރާ ބައްދަލުވުމެއްގައި ވެސް ބައިވެރިވެވެޑައިގެންފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close