ކުޅިވަރު

ބާންސްލީ ބަލިކޮށް ލިވަޕޫލް އެފްއޭ ކަޕްގެ އަނެއް ބުރަށް

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުގައި ބާންސްލީ އަތުން 4-1 އިން މޮޅުވެ، ލިވަޕޫލުން މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، އަންނަ ބުރުގައި އެޓީމު ނުކުންނަން ޖެހޭނީ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި ބްރައިޓަންއާ ދެކޮޅަށެވެ.

މެޗުގެ ކުރީކޮޅު ޑޮމިނިކް ސޮބޯސްލާއި އަދި ޖެރެމީ ފްރިމްޕޮން ޖެހި ލަނޑުތަކުން ލިވަޕޫލުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް، ސޮބޯސްލާއި އަތުން ހެދުނު ގޯހަކުން ބާންސްލީގެ އެޑަމް ފިލިޕްސް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މެޗުގެ ފަހު 10 މިނިޓް ތެރޭގައި ފްލޯރިއަން ވާޓްޒް އާއި ހޫގޯ އެކިޓީކޭ ޖެހި ލަނޑުތަކުން ލިވަޕޫލުން ވަނީ ބޮޑު މޮޅެއް ކަށަވަރުކޮށްފައެވެ.

މި މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިން ކަމަށްވާ ވާޓްޒް އާއި އެކިޓީކޭގެ ފަރާތުން ފެނުނު އެސިސްޓްތަކާއި ގޯލުތަކަކީ ޓީމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close