ޚަބަރު

މާދަމާއިން ފެށިގެން ތެރަޕީތަކަށް އާސަންދަ ލިބޭގޮތް ހަމަޖައްސާ، ތެލަސީމިއާ އެލަވަންސް ތައާރަފުކޮށްފި

މާދަމާއިން ފެށިގެން ތެރަޕީތަކަށް އާސަންދަ ލިބޭގޮތް ހަމަޖައްސުމާއި، ތެލަސީމިއާ އެލަވަންސް ތައާރަފުކުރުން ހިމެނޭހެން މާދަމާއިން ފެށިގެން މުހިންމު 5 ޕްރޮގްރާމެއް ފެށުމަށް އެންސްޕާއިން ނިންމައިފިއެވެ.

މިގޮތުން، ތެލަސީމިއާ ކުދިންނަށް 2,000 ރުފިޔާގެ އެލަވަންސެއް ދިނުމާއި، ޕްރައިވެޓް ކްލިނިކްތަކުންނާއި ހޮސްޕިޓަލްތަކުން ދޭ ހުރިހާ ތެރަޕީ ޚިދުމަތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ނަފްސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން، ފިލިޕީންސްގައި ދިރިއުޅޭ ފަރާތްތަކަށް “މެރަނާ ސްކީމް” ގެ ތެރެއިން ބޭސްފަރުވާ ކުރެވޭ އިންތިޒާމު ހަމަޖައްސައި، އެ ސްކީމުގެ ދަށުން ހިނގާ ޚަރަދުގެ 65 އިންސައްތަ އާއި ހަމައަށް ހަމަޖެއްސުން ހިމެނެއެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކޮށް، ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން 4 ކުދިންނާ ހަމައަށް، ޖުމްލަ 12,000 ރުފިޔާ އާއި ހަމައަށް އިތުރުކުރުން ވެސް ހިމެނޭކަން އެންސްޕާއިން ވަނީ ހާމަކޮށްފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމްތައް އިފްތިތާޙްކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވިގޮތުގައި މާދަމާއިން ފެށިގެން މި ހުރިހާ ޕްރޮގްރާމެއްވެސް “މައިންޑް ކޯ” ސިސްޓަމްގެ ތެރެއިން ޑިޖިޓަލްކޮށް ޚިދުމަތް ދެވޭނެއެވެ.

އެއް ކޮމެންޓް

  1. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ރާއްޖޭގައި ހުރި ވީލްޗެއާ ބޭނުން ނުކުރެވޭ ހާލަތުގައި ތިބި ކުދިންނަށް ކަސްޓަމައިޒްޑް ވީލްޗެއާ ހެދުމަށް ޑޮކްޓަރު އާސަންދަ ލެޓަރ ދެއްވުމުންވެސް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމަކީ ވަރަށް ހިތާމަ ހުރި ކަމެކެވެ. ޚާއްސަ އެހީއަށް ބޭނުންވާ، ހުރިހާ ގޮތަކުންވެސް އެހެންމީހުންގެ އެހީތެރިކަމާ ނުލާ ނޫޅެވޭ، އުރައިގެން ގެންގުޅެން ޖެހިފައިވާ 16 އަހަރުގެ ކުއްޖަކަށް އާސަންދަ ލިބޭނެ ގޮތެއް ނުވި. ސަބަބަކީ ރާއްޖެއިން ބޭރުން ވީލްޗެއާ ހަދަން އާސަންދަ ހަމަޖެހިފައި ނުވުން. މިފަދަ ކުދިންނަށް އެހީތެރިކަމުގެ އަތެއް ސަރުކާރުން ދިއްކޮށްލާނީ ކޮން ދުވަހަކުން ބާ؟ މިވަގުތުވެސް މިހުރީ މާލޭގައެވެ. ރަށްރަށުން މާލެ އައިސް ބޮޑު އަގުގައި ކުލި ދައްކައިގެން ތިބެންޖެހޭއިރު، އާދައިގެ ނިކަމެތިންނަށް ލަސްވާ ކޮންމެ ދުވަހަކީވެސް ވަރަށް އުނދަގޫ ދުވަސްތަކެކެވެ. ޕްލީޒް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ކުދިންނަށް އެހީތެރިވެދެއްވާ…

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close