ކުޅިވަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތުން ރާއްޖެއަށް ލޯ މެޑަލް

ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތުން ދިވެހިރާއްޖެއިން ލޯ މެޑަލް ހޯދައިފިއެވެ.

މި މުހިއްމު ކާމިޔާބީ ރާއްޖެއިން ހޯދީ މިއަދު ތިންވަނަ ހޮވުމުގެ މެޗުގައި ބަންގްލަދޭޝްއާ ބައްދަލުކޮށް، ފޯރިގަދަ ކުޅުމަކަށްފަހު ޕެނަލްޓީ ޝޫޓްއައުޓަކުން މޮޅުވެގެންނެވެ. މުޅި މެޗު ނިމުނުއިރު ލީގު ބުރުގައި ބަންގްލަދޭޝްއަތުން ބަލިވި ނަމަވެސް، މި މެޗުގައި ދިވެހި ކުޅުންތެރިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، އަދި ދެކުނު އެފްރިކާއާއެކު ޖުމުލަ ހަ ގައުމަކުން ބައިވެރިވިއެވެ. ސެމީ ފައިނަލުން ސްރީ ލަންކާ އަތުން ރާއްޖެބަލިވިއިރު، ތިންވަނަ ހޮވުމުގެ މެޗުގައި ރާއްޖެއަށް ފުރުސަތު ލިބުނީ ދެވަނަ ސެމީން ޕާކިސްތާން އަތުން ބަންގްލަދޭޝް ބަލިވުމުންނެވެ.

ތިންވަނަ ހޮވުމުގެ މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝްއިން 20-25 އިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓު ރާއްޖެއިން ވަރުގަދަ ކުޅުމެއް ދައްކާ 22-12 އިން މޮޅުވެ، ޕެނަލްޓީ ޝޫޓްއައުޓަށް ދިޔައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި 7-4 ގެ ނަތީޖާއިން ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑަލް ހޯދީ، ހޭންޑްބޯލް އެސޯސިއޭޝަނުން ކުރިއާލައި ޕާކިސްތާންގެ ތަޖުރިބާކާރު ކޯޗު އާސިމް ރަޝީދާއެކު ކުޅުދުއްފުށީގައި ކުރި ރަނގަޅު ތައްޔާރީތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް އެ އެސޯޝިއޭޝަނުން ފާހަގަކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close