އެސްޓަންވިލާ އިން އެއްވަނާގައި އޮތް އާސެނަލް ވެސް ބަލިކޮށްފި

އިންގުލިޝް ޕްރިމިއާރ ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅެވުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަތުން މޮޅުވި އެސްޓަން ވިލާއިން ރޭ ވަނީ ތާވަލުގެ އެއް ވަނާގައި އޮތް އާސެނަލް ވެސް ބަލިކޮށްފައެވެ.
ހިސާބަށް ލީގުގެ އެއްވަނާގައި މަވަގުތު އޮތް އާސެނަލް ވެސް ބަލިކޮށްފިއެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އެސްޓަން ވިލާއިން އެމީހުންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި ކެޕްޓަން ޖޯން މެކިން ޖެހި ލަނޑާއި އެކު އެޓީމުން ވަނީ ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 15 މެޗުން މޮޅުވެ، ކްލަބްގެ ތާރީހުގައި ވެސް މުޅިން އާ ރެކޯރޑެއް ހަދާފައެވެ.
ރޭގެ މެޗާއި އެކު އެސްޓަންވިލާ ވަނީ ތާވަލުގެ 3 ވަނައަށް ޖެހިލައިފައެވެ. އަދި މިއީ 81-1980ގެ ފަހުން ލީގުގެ ފުރަތަމަ 16 މެޗުން އެޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދުނު ފަހަރުވެސް މެއެވެ. އެސްޓަންވިލާއިން މިހާރު ދައްކަމުން އަންނަ މޯލު ކުޅުމަށް ގިނަބއެއްގެ ތަޢުރީފް ލިބެމުން އަންނަ އިރު ސިޓީގެ ކޯޗް ގާޑިއޯލާ އާއި އާސެނަލްގެ ކޯޗް އަޓޭޓާ ވެސް ބުނެފައި ވަނީ މިފަހަރުގެ ލީގަށް ވާދަކުރާނެ ޓިމުތަކުގެ ތެރޭގައި އެސްޓަންވިލާ ވެސް ހިމެނޭ ކަމަށެވެ.
ލީގުގައި ރޭ އާސެނަލް ބަލިވުމުން ރޭގެ މެޗާއި ހިސާބަށް ދެވަނާގައި އޮތް ލިވަޕޫލް ވަނީ އެޓީމު ކުޅުނު މެޗުން ކުރިސްޓަލް ޕެލެސް އާއި ބައްދަލުކޮށް ފަހަތުން އަރާ 1-2 ން މޮޅުވެ ލީގުގެ 1 ވަނައަށް އަރާފައެވެ.


