ކުޅިވަރު

ބާސެލޯނާގެ ހެޑް ކޯޗަކަށް ލެޖެންޑް ޒަވީ ހަމަޖައްސައިފި

ބާސަލޯނާގެ ކޯޗް ރޮނަލްޑް ކޮއެމަން މަގާމުން ވަކިކުރުމާ ގުޅިގެން 2024 ވަނަ އަހަރާ ހަމައަށް ހެޑް ކޯޗެއްގެ ގޮތުގައި ކުރީގެ މިޑްފީލްޑަރު އަދި ކެޕްޓަން ޒަވީ ހެނާންޑޭޒްގެ ފުޓްބޯލް ކްލަބް ބާސެލޯނާއިން ހަމަޖްއްސައިފިއެވެ.

ބާސެލޯނާއަށް 17 އަހަރު ކުޅެދީ 767 މެޗު ކުޅެދީ 25 ޓްރޮފީ ކާމިޔާބުކޮށްފައިވާ ޒެވީ ވަނީ ޗެމްޕިއަންސް ލީގުގެ ހަތަރު ތަށި އަދި އަށް ލީގު ތަށި ކާމިޔާބުކޮށްފައެވެ.

އުމުރުން 41 އަހަރުގެ ފޯވާޑް ގެސޮއި ހޯދުމަށް ބާސާ ކުރަމުން އައި މަސައްކަތަށް ހުކުރު ދުވަހު ފެހިސިގުނަލް ލިބުނީ ގަތަރުގެ ކުލަބު އަލް ސައްދުއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ ރިލީސް ކްލޯޒް ދެއްކުމުންނެވެ.

“އެފްސީ ބާސެލޯނާއިން ޒަވީ ހެނާންޑޭޒްއާއެކު އެއްބަސްވުމަކަށް އާދެވިއްޖެ، އޭނާ އަކީ މި ސީޒަންގެ ބާކީ އޮތް ބަޔާއި އިތުރު ދެ ސީޒަންގެ އެއް ވަނަ ޓީމުގެ ކޯޗު،” “ވެލްކަމް ބެކް ހޯމް، ޒަވީ!” ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބާސާގެ ޔޫތު ޓީމުގެ ޕްރޮޑަކްޓެއް ކަމަށްވާ ޒާވީ ހެނާންޑޭޒް، މިދިޔަ ދުވަސްތަކުގައި ކުލަބުގެ ވެރިންނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، އޭނާގެ މިހާރުގެ ކުލަބު ގަތަރުގެ އަލް ސައްދު ވަނީ ވަކިވެފައެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު، ޒެވީގެ ފުރަތަމަ މެޗު ވެގެންދާނީ މިމަހުގެ 20 ވަނަ ދުވަހު އެސްޕަންޔޯލްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ގޭމަށެވެ.

ސްޕެއިންގެ ކުރީގެ އިންޓަނޭޝަނަލް ކުޅުންތެރިއެއް ކަމަށްވާ ޒާވީ 2015 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި އަލް ސައްދާއެކު ގުޅުނުއިރު، އޭނާ ވަނީ 2019 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ހެޑް ކޯޗުގެ މަގާމު ހޯދާފައެވެ. މިދިޔަ އޭޕްރީލް މަހު އޭނާ ވަނީ ގަތަރު ޑޮމެސްޓިކް ލީގްގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދައިދީފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close