ޚަބަރު

ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ޖެހޭކަމަށް ގަވަރުނަރު އިންޒާރުދެއްވައިފި

ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ޖެހޭކަމަށް ވިދާޅުވެ އެމްއެމްއޭގެ ގަވަރުނަރު އިންޒާރުދެއްވައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުގެ ޚަރަދުތައް ލިބޭ އާމްދަނީއާ އެއްވަރަށް ކުޑަކުރަން ޖެހޭކަމަށެވެ. އަދި ދަރަނި ދެމެހެއްޓެނިވި މިންވަރެއްގައި ބަހައްޓަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މަނިޓަރީ ޕޮލިސީއަށް ގެނެވޭ ބަދަލުތަކުގެ އިތުރުން، ފިސްކަލް ސިޔާސަތުތަކަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. މިގޮތުން ސަބްސިޑީތައް އަމާޒުކުރުމާއި، އާސަންދަ އަދި ސަރުކާރު ކުންފުނިތަކަށް އިސްލާހުތައް ގެންނަން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ، އެމްއެމްއޭއިން އެކުލަވާލި އާ ގަވާއިދުތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ދިވެހި ރުފިޔާގެ ޑިމާންޑު އިތުރުވެ، ބޭންކުތަކަށް ޑޮލަރު ލިބުން އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މި ގަވާއިދުތަކުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ވަކި އަދަދެއްގެ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ޖެހޭނެއެވެ.

މީގެ އިތުރުން، ގަވަރުނަރު ހާމަކުރެއްވި ގޮތުގައި މިހާރު ވެސް ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ އިތުރަށް އިގުތިސާދުގައި ދައުރުވަމުންދާ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް އަންނަ މަހު އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށައި، އެ ފައިސާ އަނބުރާ އެމްއެމްއޭ އަށް ނެގުމަށް ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close