ޚަބަރު

ބީއެމްއެލްގެ ޚިދުމަތްތަކަށް އަނެއްކާވެސް ބުރޫއަރައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގިނަ ޚިދުމަތްތަކަށް މިއަދު އަނެއްކާވެސް ބުރޫއަރައިފިއެވެ. ބޭންކުން މިކަން ހާމަކޮށްފައިވަނީ އިޖްތިމާޢީ ވިއުގަތަކުގައި ޝާއިޢުކުރި ޕޯސްޓެއްގައެވެ.

ބޭންކުން ބުނެފައިވާ ގޮތުގައި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޕީއޯއެސް، އޭޓީއެމް، އިންޓަނެޓް އަދި މޮބައިލް ބޭންކިންގ ޚިދުމަތްތަކަށް ބުރޫއަރާފައިވެއެވެ. ނަމަވެސް ބީއެމްއެލްގެ ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތައް ބޭނުންކުރާ ފަރާތްތަކަށާއި އެހެން ބޭންކުތަކުން ދޫކޮށްފައިވާ ކާޑުތައް ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލްގެ ޕީއޯއެސް ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްތައް ކުރިއަށް ގެންދެވޭނެކަމަށް ބޭންކުން ބުނެފައިވެއެވެ.

މި މައްސަލަ ދިމާވުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ބޭންކުން މަޢާފަށް އެދިފައިވެއެވެ. އަދި މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައިވެސް ބީއެމްއެލްގެ ޚިދުމަތްތަކަށް ބުރޫއަރާފައިވެއެވެ. މިފަދަ މައްސަލަތައް ތަކުރާރުވަމުންދާތީ ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close