ޚަބަރު

އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ

2019 ވަނަ އަހަރު އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް  2 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، ބޭއްވި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ވަނީ 2019 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ 5 ރުފިޔާގެ ހިއްސާއަކަށް 2 ރުފިޔާ ބަހާގޮތަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ނިންމާފައެވެ.

2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ޖަލްސާގެ ނޯޓިސްގައި ބަޔާންކުރާ ތާރީހާއި ހަމައަށް ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ. މީގެއިތުރުން އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް މި ޖަލްސާގައި ވަނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 53 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 62.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރާއި އަޅާބަލާއިރު 310.54 އިންސައްތައިގެ އިތުރުވުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close