ޚަބަރު

ފޮރުވައިގެން ސިއްރު ކަންކަން ކުރަން ސަރުކާރުން ނޫޅޭކަން ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ބޭނުންތެރިކަމެއް – ހަސަން

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ހަދާފައިވާ އެއްބަސްވުންތަސް ހާމަކޮށް، ފޮރުވައިގެން ސިއްރު ކަންކަން ކުރަން ސަރުކާރުން ނޫޅޭކަން ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ބޭނުންތެރިކަމެއް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މިހާރުބާއްވަމުންދާ “އިންޑިއާ އައުޓް” މުޒަހަރާގެ ކަންކަން ބޭރުގެ މީޑިއާތަކުން ކަވަރުކޮށް ބޮޑެތި ޤައުމުތަކުގެ ސަމާލުކަމަށް އައިސްފައިވާ މިދަނޑިވަޅުގައި، ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ހުރިހާ އެއްބަސްވުނަތަކެއް ހާމަކޮށް، އެއްބަސްވުންތަކުގައި ހުރި ކަންކަން ދިވެހި ރައްޔިތުންނަށް ހާމަކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ.

އެއްވެސް އެއްބަސްވުމެއް ފޮރުވައިގެން ސިއްރުކުރަން ނޫޅޭކަމާއި، އަދި އިންޑިއާއިން ހޯދަމުންދަނީ ކޮން ބާވަތްތަކުގެ އެހީތަކެއްކަމެއް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. މިއީ ވެރިކަން ކުރާ ކޯލިޝަން އަދި އެމްޑީޕީގެ އިސްބޭފުޅަކު މިހާ ފާޅުކަން ބޮޑުކޮށް އެއްބަސްވުންތައް ހާމަކުރުމަށް ސަރުކާރަށް ގޮވާލި ފުރަތަމަ ފަހަރެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދިނުމަކީ ބޭނުންތެރިކަމެއް. ފޮރުވައިގެން ސިއްރު ކަންކަން ކުރަން ނޫޅޭކަމާއި، އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ބޭނުންތެރިކަމެއް – ޙަސަން ލަތީފް

އިންޑިއާއާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ ސަލާމަތަށް ނުރައްވާ އެތައްކަމެއް ހުރިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އެއްބަސްވުނަތައް ހާމަ ކުރުމަށް ގޮވާލަމުންނެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ވަގުތުން ބޭލުމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިންޑިއާއާއިއެކު ހަދާފައިވާ ގިނަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށް، އަޅުވެތިކަމުގެ ބިރު އޮތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެއް ކޮމެންޓް

  1. މާރިޔާ އަޅެ ތިޔަ ހީކުރަނީ މިގައުމުގައި ތިބި ދިވެހިންނަކީ ބޯގަމާރު ބައެއް ކަމަށްތަ..ތިޔަކަހަލަ ވާހަކަ ދެއްކީމާ ތިމާގެ ގާބިލުކަން ނެތްކަމާއި ބޯ ހަމަނުޖެހޭކަން ނޫންކަމެއް ނުފެންނާނެ.މި ގައުމުން 10ވަރަކަށް ޕައިލެޓުންނަށް މުސާރަ ދެވެން ނެތް ވާހަކަ ބުނީމާ ތިޔައީ ކަނޑު ކޮހެކޭ ބުނެ ނިންމާލަން ޖެހޭނީ..އެހެންވީމާތާ ޤާނޫނަށް ފައިން އަރައި ޤައުމުގެ ސަލާމަތީ ބާރުތަކަށް ހަޑިހުތުރު ބަހުން އަވަގުރާނަގޮވައި އެމީހުންގެ ފަހަތުން ހޯއްގޮވަމުން ދުވީ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close